ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން ދެ އޮފިސަރަކު އައްޔަނުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ސިފައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކްގެ އަންހެން ދެ އޮފިސަރުން އައްޔަނު ކޮށްފައިވާ ކަމަށެވެ. ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންނަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ.
ހައްވާ ޝެނީން އަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ އިބްރާހީމަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ އެވެ.
ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސްފޯސްއަށް މަޝްވަރާއާއި ލަފާދިނުމަށް ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަނު ކުރާ މަޖިލީހެކެވެ.
މިމަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސްއެވެ. ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ސިފައިންގެ ލަފާދޭ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސްއަށް މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާޢީ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސްވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު އެ މަޖިލީހުގައި ބައިވެރިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު