ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
މިއުޒިކް ކުޅުމާއި، ލަވަކިޔުމަކީ ޙަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދީނީ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާ ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއަކުން ރިޕޯޓް ކޮށްފިއެވެ.

މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައެވެ. އަދި އެ ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާ އަކުން މިއަދު ރިޕޯޓް ކޮށްފައިވަނީ، އެ މީޑިއާ އަށް ރައީސް މައުމޫން ދެއްވި އިންޓަވިއު އެއްގައި އެމަނިކުފާނު މިއުޒިކާއި ލަވައާއި މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރަށްވާފައިވާ ކަމަށެވެ.

އެގޮތުން އެ ނޫހުގައި ރައީސް މައުމޫނާ ޙަވާލާދީ ބުނެފައިވަނީ، "އެއްވެސް ކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށެވެ. އަދި އެއިލާހު ޙަރާމްކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރަށްވާފައިވާ ކަމަށެވެ. އަދި އެ ކަންކަމުގެ ތެރޭގައި، މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯވޭ" ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.

މިއުޒިކާ ލަވަޔާމެދު ރައީސް އުސްތާޛު މައުމޫން މިފަދަ ރަޢުޔެއް ދެއްވާފައި ވާއިރު، އިސްލާމް ދީނަކީ ދީނުގެ އަޚްލާޤިއްޔާތުގެ ތެރެއިން އުފާކުރުމާއި މަޖާކުރުމާއި ކުޅިވަރު ކުޅުމާއި ހިތްހަމަޖެހުން ހޯދުމަށް ފުރުޞަތު ދީފައިވާ ދީނެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޑރ ޝަހީމް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޅެންވެރިޔާ

18-Feb-2021

މައުމޫނުގެ ވެރިކަމުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދީފައިވަނީވެސް އެބުނާ ދީނުގައި ބަނގުރާ ވިއްކުން ޙަރާމް ކުެައްވާފައި ނުވާތީބާ؟؟؟


-10

ޙަލީލު

18-Feb-2021

ބެރު ދުންމާރި ތާޅަ ފިލި ބޭނުން ކޮށް އަޑު ލެއްވުމާއި މިއުޒިކުގެ ނަމުގަ އިއްވާ އަޑު ތަކަކީ ޝައިތާނާ ގެ އަމަލު ތަކެއް, ފައްޅި ތަކުން މި ކަންކަން ފެންނާނެ, މިއުޒިކު ކުޅޭ މީހުން އެވާމަސްތަކީ ޝައިޠާނާ އަށް ގޮވުން, މައުމޫނު ބުނީމަ މިކަން ބަދަލް ވޭތަ, މީ ނަހީގެ އަމަލެއް, އެހެން ވިއްޔާ ފިރިހެނުން ބޯ ދިގު ކުރުން ވެސް ހުއްދަ, ފިރިހެނުން އަންހެން ސޫރަ އައް ބަދަލުވުން,އަންހެނުން އޮރިޔާން ކާޑު ވެގެން އުޅުން ވެސް ހުއްދަ,



ޓްރެންޑިން