އޮޔާދަނިކޮށް ފެނުނު ޑިންގީ
އޮޔާދަނިކޮށް ފެނުނު ޑިންގީ
ވ. އަންބަރާ ކައިރިން ބިދޭސީއަކާއެކު ޙާލުގައި ޖެހި އޮޔާދާ ޑިންގީއެއް ފެނިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މިޑިންގީ ފެނިފައިވަނީ އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ މޯލްޑިވިއާނާ ނަމަކަށް ކިޔާ ސަފާރީ އަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މި ޑީންގީގައި ބިދޭސީ އެއް ހުރި ކަމަށާއި، އެކަމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ޑިންގީއާބެހޭ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 17 ގަޑި 12 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން