އަލްހާން ފަހުމީ (ކ) އާއި، ޑރ. މުޢިއްޒު (ވ)
އަލްހާން ފަހުމީ (ކ) އާއި، ޑރ. މުޢިއްޒު (ވ)
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭގެ މޭޔަރު ގޮނޑީގެ ވާދަވެރިކަން އިތުރުވެ ޓްވިޓަރގައި އެންޓި ކެމްޕޭނާ ޒާތީ ބަހުގެ ހަމަލާތައް ވަރުގަދަވެއްޖެއެވެ.

އެގޮތުން މާލޭގެ މޭޔަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަ ކުރަށްވާ ޑރ. މުޢިއްޒު ސިނަމާލެ ފްލެޓްތަކުގެ ވާހަކަ ދެއްކެވުމުން އަމިއްލަގޮތުން މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވަނީ މުޢިއްޒުއަށް ރައްދުދެއްވައި އެއީ މުޢިއްޒު ދައްކަވަން ކަމުދާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސިނަމާލެ ފްލެޓްތައް އަލުން ހެދުމަށް ތަޅާލާ ހިސާބަށް ދިއުމުގެ ކުރިން ވެސް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ތަންތަން މަރާމާތުކޮށްދޭން ޖެހޭ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން އަލްހާން ވިދާޅުވީ، މިދިޔަ 7 އަހަރު ދުވަހު ޑރ. މުޢިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ސިނަމާލެ ފްލެޓް ފެނިވަޑައިގެންފައި ނުވުމަކީ ޢަޖާއިބެއް ކަމަށެވެ.



ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ ސިނަމާލެއާއި އަދި މާލޭ ހިޔާގެ ފްލެޓްތަކަކީ މަރާމާތު ކޮށްގެން ގެންގުޅެވޭ ވަރަށް ވުރެ ހާލަތު ގޯސް ތަންތަން ކަމަށެވެ. އެހެންކަމުން އެތަން ތަޅާލުމަށްފަހު އަލުން އިމާރާތްކުރަން ޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ،

އަދި އެ ތަންތަނުގެ މިލްކުުވެރިކަން ދީފައިވާ މީހުން ތިބުމުން، އެ އެތަންތަން އަލުން ހެދިދާނެ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވިއެވެ. އެ ފްލެޓްތައް އިމާރާތްކޮށްފައިވަނީ ކައުންސިލް ހައުސިންގެ ގޮތުގައިކަމަށް ވީނަމަވެސް އެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ގޮންޖެހުންތައް އެބަހުރި ކަމަށް އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ. މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން