ދޫނިސޫފާސޫފިން ޖެހޭ ބައްޔެއް ކަމަށްވާ ބަރޑްފްލޫ ނުވަތަ ދޫނިރޯގާ ރަޝިޔާގައި ފެތުރެން ފަށައިފިއެވެ.
ރަޝިޔާގައި ފެތުރެމުންދަނީ ބަރޑްފްލޫގެ ވޭރިއަންޓް އެޗް5އެން8 (H5N8) އެވެ. އަދި މިއީ އިންސާނަކަށް H5N8 ޖެހިގެން ރިޕޯޓު ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން H5N8 ފެތުރެނީ ހަމައެކަނި އެކިބާވަތުގެ ދޫނީގެ މެދުގައެވެ.
ރަޝިޔާގައި މިބަލި ޖެހިގެން މިހާތަނަށް ހަތް މީހަކު ރިޕޯޓުކޮށްފައިވާއިރު މިއެންމެންނަކީ ދޫނި ގެންގުޅެ ބަލަހައްޓާ ތަނެއްގައި މަސައްކަތްކުރާ މީހުންނެވެ. މިހަތް މީހުންނަށްވެސް ބަރޑްފްލޫ ޖެހިފައިވަނީ ދޫންޏެއްގެ ސަބަބުން ކަމަށް ވިނަމަވެސް، މިހާތަނަށް މިބަލި އިންސާނުންގެ ފަރާތުން އެކަކު އަނެކަކަށް ފެތުރެމުންނުދާ ކަމަކަށް ރަޝިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ބަރޑްފްލޫ ޓެސްޓު ހެދުމަށް ފަސޭހައިން ޓެސްޓު ކުރެވޭނެ ސިސްޓަމްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ރަޝިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްްފައިވެއެވެ.
ރަޝިޔާގެ އިތުރުން ޗައިނާގައިވެސް ބަރޑްފްލޫ ފެތުރެން ފަށާފައިވެއެވެ. ޗައިނާގައި މިބަލި ފެތުރެން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. ޗައިނާގައި ފެތުރެމުންދަނީ ބަރޑްފްލޫގެ ތިން ވޭރިއަންޓެއް ކަމަށްވާ H9N2 ،H5N5 އަދި H5N8 އެވެ. މީގެތެރެއިން އިންސާނުންގެ މެދުގައި ފެތުރެމުންދަނީ ބަރޑްފްލޫގެ ވޭރިއަންޓް H9N2 އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު