އިންޑިޔާގެ ބޮލީވުޑްގެ ތަރި ވިވެކް އޮބްރޯއީ މާސްކްނާޅައި ސައިކަލު ދުއްވުމާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށައަޅައިފިއެވެ.

ވިވެކް އޮބްރޯއީ މާސްކްނާޅައި ސައިކަލު ދުއްވާފައިވާތީ ވިވެކް އާއި ދެކޮޅަށް ގާނޫނާއި ހިލާފުވުމުގެ ދެމާއްދާއެއްގެ ދަށުން މައްސަލަ ހުށައަޅާފައިވެއެވެ. މިގޮތުން ވިވެކް އަށް ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި ހިލާފުވުމުގެ ތުހުމަތާއި ނުރައްކާތެރި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި ހިލާފުވުމުގެ ތުހުމަތުކޮށްފައެވެ.

މީހެ އިތުރުން ސައިކަލު ދުއްވުމުގައި ހެލްމެޓް ބޭނުންކޮށްފައިނުވުމުން 500 ރުޕީސް އިން ވިވެކް ވަނީ ޖޫރިމާނާކޮށްފައެވެ.

ވިވެކް ވަނީ ހެލްމެޓް ނާޅާ، މާސްކް ނާޅައި، އޭނާގެ އާސައިކަލު ދުއްވަމުން ދިޔަ މަންޒަރުގެ ވީޑިޔޯ އަމިއްލަ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ. މިއާއެކު ގިނަ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ވަނީ މިމައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް މުމްބާއި ޕޮލިހަށާއި އިންޑިޔާގެ ހޯމް މިނިސްޓަރަށް ގޮވާލާފައެވެ.

އިންޑިޔާގެ މުމްބާއީގައި ކޮރޯނާވައިރަސް ފެތުރޭމިންވަރު އިތުރުވުމާއިއެކު، މާސްކް އެޅުމަށް މަޖުބޫރުކުރުވާ ގަވާއިދާ ހިލާފުވާމީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް މުމްބާއީ ސިޓީގެ އިދާރާއިން ވަނީ ނިންމައި އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން