ރުޅިއަޔަސް ނަޔަސް ކަންކަން ނިންމާނީ ޤާނޫނުގެ ތެރެއިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.
ފިޔާޒް ވިދާޅުވީ ހާމަކަން ބޮޑު ނަޒާހަތްތެރި ދައުލަތަކަށް މި ދިވެހި ދައުލަތް ހެދުމަށް އެންމެ ބޮޑަށް އެދޭ އެކަކީ އޭނާ ކަމަށާއި އޭނާގެ ނިންމުންތައް ބިނާ ކުރާނީ ބައެއްގެ ހިތްހަމަޖެހުމަކަށް ނުވަތަ ހިތްހަމަނުޖެހުމަކަށް ނޫން ކަމަށެވެ. އަދި ރުޅިއަޔަސް ނަޔަސް، މަގާމު ހައިސިއްޔަތުން ކަންކަން ނިންމާނީ ޤާނޫނުގެ ތެރެއިން ކަމަށާއި ޚިޔާލު ތަފާތުވުމަކީ އިންސާނީ ތަބީއަތް ކަމަށް ކޮމިޝަނަރ ފިޔާޒު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދާ އުތުރު ތިލަފަޅު އެއްބަސްވުމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ސާފުކޮށް ދިނުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. މި ކަމާ ގުޅިގެން ފިޔާޒް ވިދާޅުވެފައިވަނީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ކަމަށެވެ.
ރާއްޖެ ޓީވީގެ އެކި މަގާމުތަކުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ ނޫސްވެރިޔާ، ފިޔާޒު ވިދާޅުވީ، އިންޑިއާ ސިފައިންނާ ގުޅޭ މައުލޫމާތު ދެވެން ނެތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، ހޯދަން އެދުނު މައުލޫމާތު ދީފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީކަމަށް ޑިފެންސް މިނިސްޓްރީން ޖަވާބުދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފައިވާ ހުސައިން ފިޔާޒު މޫސާ ކުރިން ވިދާޅުވަމުން ގެންދަވަނީ ދައުލަތުގެ އިދާރާތަކުގައި ހިނގާ ކަންކަމާއި ބެހޭ މައުލޫމާތު ތަކަކީ އެއްވެސް ހުރަހެއް ނެތި ރައްޔިތުންނަށް ލިބެން ޖެހޭނެ މައުލޫމާތު ތަކެއް ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ނޫސްވެރިންނަށް މައުލޫމާތު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ފިޔާޒު ވަނީ ވިދާޅުވެފައިވެ. ނަމަވެސް މިފަހަކަށް އައިސް ބައެއް ކަހަލަ މައުލޫމާތުތައް ނުދިނުމަށް ސަރުކާރުގެ ބައެއް އިދާރާތަކުން ދައްކާ ބަހަނާ ތަކަށް އިންފޮމޭޝަން ކޮމިޝަނަރ ވެސް ތަރުހީބު ދެއްވަމުން ގެންދަވާތީ ބައެއް މީޑިއާތަކުގެ ފާޑުކިއުން ފިޔާޒަށް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު