ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު ޕްރޮޖެކްޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ރަށްވެހި ފަތިސްގެ ނަމުގައި ހިންގާ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އެމްޑީޕީގެ އެބައޮތް ކަމަށެވެ. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް ބާރުތައް އޭގެ ޙަޤީޤީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު ޕްރޮޖެކްޓް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމިއްލަ ކަންތައްތައް އަމިއްލަ ބާރުގައި ގާތުން ނިންމުމަށް އާއްމު އިންސާނީ ފިކުރު އަބަދުވެސް ދީލަމުންދާ ކަމަށާއި، މި އެދުމަށް ގެނެވޭ ޤާނޫނީ ހަމައާއި އިދާރީ ތަރުތީބަށްކިޔާ ނަމަކީ ލާމަރުކަޒީ ނިޒާމް ކަމަށެވެ. އަދި ބާރުތަކާ ނިންމުންތައް މާދުރު މާމަތީ އެހެން ތަނެއްގައި މަރުކަޒުވެ ހިފެހެއްޓިފައި އޮތުމުން އެ ހިފަހައްޓާ އޮބެހެއްޓެނީ މިނިވަންކަން ކަމަށާއި، ތަރައްޤީއާ ކުރިއެރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިން އެއީ ރަސްކަމުގެ ދަރުބާރުގައި. ރަދުންގެ ހިރިޔާފާތުރާގެ ދަށުން މެނުވީ އެއްވެސް ރައްޔިތަކަށް ހިރިނުލެވުނު މަރުކަޒީ ޒަމާން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ނިކަމެތި ރައްޔިތުންނަށް ފަހިކޮށްދިނުމެއް އޭރު ނޯންނަ ކަމަށެވެ. އަދި މަސް، ރޯނު، ބޮއްޔާއި ދަނޑި، ފަން އަދި ކުފްރާ އާއި، ކުރާ ހުރިހާ މަސައްކަތަކާއި، އެއްކުރި ކޮންމެ އެއްޗެއްގެ ބާރު ދަޢުލަތުގައި ކޮށާރު ކުރެވޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީހުން ދިރިއުޅުނަސް ނޫޅުނަސް ހުރިހާ ރަށަކާ އެ ރަށްރަށުގެ ރައްޔިތުންނާ ރައްޔިތުންގެ މުދަލާއި ހަށިފުރައިގެ އިޚްތިޞާޞް އޭރު އޮންނަނީ މަރުކަޒު ކުރެވިފައިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޢަބްދޫ

27-Feb-2021

ޅާމރުކަޒީ އިން ގައުމަށް ފައިދާއެއް ކުރިބާ.ޢިގިރޭސިވިލާތް ކޮޕީކުރީމަ ގައުމަށްވީ ގެއްލުން.ޜައްޔިތުންވިސްނަވާ އެމްޑީޕީ ން ގައުމަށް ލިބެނީ ގުސް ގެއްލުން.ޥިސްނަވާ.


-6

ކިނބޫ

26-Feb-2021

ނިޔަތްގަޔމތް ކަމަށް ސޮއި ކޮށްލާ. މިދެން ބޮޑު ބަލާވެރިކަމަކަށް ވެއްޖެ. ވައްކަން ކުރުމާއި އަނގައެރުވުން ނޫންކަމެއް ކުރަނީ ކޮންއިރަކު!



ޓްރެންޑިން