ގއ. ވިލިނގިލި
ގއ. ވިލިނގިލި
ގއ. ވިލިނގިލީ ބޭރުން ދޯންޏަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި 04 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކެއްގެ ޙާލު ސީރިއަސްވެ މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން 02 މީހުންނަކީ ލޯންޗްގައި ތިބި ދެމީހުންނެވެ. އަނެއް ދެމީހުންނަކީ ދޯނީގައި ތިބި ދެމީހުންނެވެ.

މިޙާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާގެ ހޭވެސް ނެތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ ލޯންޗްގައި ހުރި މީހެކެވެ. އަދި ދޯނީގައި ހުރި މީހެއްގެ އަތް ބިނދިފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކަނޑުމަތީގެ ނުރައްކާތެރި މި ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން