އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އާޒިމް ކޯވިޑް-19 އަށް ޕޮޒިޓިވް ކަން އެނގިފައިވަނީ ހުންގަދަވުމުގެ ސަބަބުން ހެއްދެވި ޓެސްޓުން ޕޮޒިޓިވް ވުމުންނެވެ. މިވަގުތު އާޒިމް ހުންނެވީ އަމިއްލަ ގޭގައި ކަރަންޓީން ވެގެންނެވެ. ދާދިފަހުން އާޒިމް ވަނީ އޭނާގެ އުފަންދުވަސް މަޖިލީހުގެ ގިނަ މެމްބަރުންތަކަކާއެކު މަޖިލީހުގެ އިދާރާގައި ފާހަގަކުރަށްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20،919 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 179 މީހުންނަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު