Midhath Adam, [14.03.21 16:48] ފޮޓޯ: އެމްޑީޕީ ކޮލަމްބޯ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
Midhath Adam, [14.03.21 16:48] ފޮޓޯ: އެމްޑީޕީ ކޮލަމްބޯ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ތެރޭގައި ހިމެނޭ އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލަމުން އަންނަ ކަމަށް ލަންކާގައި ހުޅުވި އެމްޑީޕީގެ "ރަށްވެހި ފަތިސް" ޖަގަހައިން ބުނެފިއެވެ.

ލަންކާގައި ހުންނަ އެމްޑީޕީގެ ރަށްވެހި ފަތިސް ޖަގަހައިގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި އެފަދަ ފަރާތްތަކުގެ ލިސްޓެއް ނަގަން ފެށި ސަބަބަކީ އެގައުމުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ދިވެހީންނަށް ދިވެހި ސަރުކާރުން ދެމުން އަންނަ މާލީ އެހީތެރިކަން އެންސްޕާގެ ތެރެއިން ނުލިބޭކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްސަދުގައި ކަމަށެވެ.

"އަޅުގަނޑުމެން އެފަދަ ފަރާތްތަކުގެ ލިސްޓެއް މިނަގަނީ. މިތަނުގައި އުޅޭ ވަރަށްގިނަ ދިވެހިންނަށް އެ އެހީ ނުލިބުމުގެ ޝަކުވާ އެބަހުރި. އެހެންވެ އެކަމުގައި އެންސްޕާގެ ތެރެއިން ރަނގަޅު ގޮތެއް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން. އެއީ ލިސްޓެއް ނެގުމުގެ ބޭނުމަކީ." އޮފިޝަލު ބުންޏެވެ.

އެފަރާތުން ބުނީ ލަންކާގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ލަންކާގައި ހުންނަ އެމްޑީޕީގެ ރަށްވެހި ފަތިސް ޖަގައަށް ގުޅައިގެން އެފަރާތްތަކުގެ މައުލޫމާތު ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި، މައުލޫމާތު ސާފުވާ ވަރަކުން އެކަންކަން ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު ދިނުމަށް ގުޅަންޖެހޭ ފޯނު ނަންބަރަކީ 0771363838 އެވެ.

"އެ ނަންބަރަށް ގުޅައިގެން އަޅުގަނޑުމެންނަށް މައުލޫމާތު ސާފުކޮށް ދެއްވަންވީ ކޮންމެ ބޭފުޅަކުވެސް. އޭރުން އަޅުގަނޑުމެން އެފަރާތަކަށް ދައުލަތުން ލިބެންޖެހޭ ފައިސާގެ އިނާޔަތް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން." އޮފިޝަލު ބުންޏެވެ.

ސްރީލަންކާއަކީ ވަރަށްގިނަ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އޭގެތެރޭގައި ބޭސްފަރުވާ އާއި ތައުލީމް ހޯދުމަށް ގޮސްއުޅޭ ދިވެހިންވެސް ވަރަށްގިނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން