އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކޯވިޑް-19އާ ގުޅިގެން ކޮށްފައިވާ ޚަރަދުތަކުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އޯޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް ރިޕޯޓްގައިވަނީ ކޯވިޑް-19 އާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ އެންމެހާ މާލީ މުޢާމަލާތްތައް ކުރުމުގައި ޢަމަލުކޮށްފައިވަނީ އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން އެކުލަވާލި ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ގޭބީސީ ތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އޮޑިޓް އޮފީހުން ބުނީ، ކޮވިޑާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ކުރި ޚަރަދުތަކުގެ ޖުމްލަ އަދަދު ހަތަރުސަތޭކަ ނުވަދިހަ މިލިއަން އެއްލައްކަ ފަންސާސްނުވަހާސް ފަސް ސަތޭކަ ސާޅީސް ދެ ރުފިޔާ ސާޅީސް ތިން ލާރި އަށް އަރާކަމަށެވެ.

އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެދިގެން ކުރި އޮޑިޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން