ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ
ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ވަނީ، އަންނަ މަހުގެ އަކަކުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ. ގުރޭޑް 7 އިން ފެށިގެން މަތީގެ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިން، ސުކޫލަށް ގެންގޮސްގެން ކިޔަވައިދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގަ އެވެ.

އެ ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.



އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އިޢުލާނެއް ނެރުއްވާފައިވާއިރު، އެޗްޕީއޭއިން މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުއްވާފައިވާ ސިޓީގައި އެދިލައްވާފައިވަނީ، ސްކޫލްތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލުމަށް އެދޭ ކަމަށެވެ. އަދި އެޗްޕީއޭގެ އެ ނިންމުމަށް ބަދަލެއް ގެންނެވިކަން އެނގިފައެއް ނުވެއެވެ.

ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.

އަދި 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށިނަމަވެސް މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުންފެށިގެން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން