ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް
ވައްކަމުގެ މައްސަލަތަކުގައި ސަރުކާރުން ފިޔަވަޅުއެޅުމުގެ ސްޕީޑް ލަސްކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގައި މެމްބަރު މީކާއީލް ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލާގައި ސަރުކާރުގެ ފިޔަވަޅުއެޅުމުގެ ސްޕީޑް ސްލޯ ކަމަށާއި އެއީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލަ މީޑިއާގެ ސަމާލުކަމަށްއައިސް މިނިސްޓަރ އިސްތިއުފާ ދެއްވުމާ ހަމައަށް ހަތަރުމަސް ހޭދަވި ކަމަށް މީކާއީލް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މީކާއީލް އިތުރަށް ވިދާޅުވީ، ވައްކަމާ ފަސާދައާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އެމްޑީޕީގެ މައިގަނޑު އަސާސް ކަމަށާއި، ނަމަވެސް މަޖިލީހާއި ސަރުކާރުގައި އެމްޑީޕީގެ މެޖޯރިޓީއޮވެމެ، ވައްކަމުގެ ލޭބަލް އެޅެމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު އެ އަސާސްތައް ނެތިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށާއި، ވައްކަމުގެ ލޭބަލް އެމްޑީޕީގައި އެޅެމުންދާތީ ހިތާމަކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، ވައްކަމުގެ ތުހުމަތުތަކުން ރެކުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޖަލްސާތައް ލައިވް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވެންޓިލޭޓަރުތަކެއް ގަތުމަށް ހިންގި ޚިޔާނާތުގައި ސަރުކާރުން ބައިވެރިވެފައިވާކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާން އެދިވަޑައިނުގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން