ބޭބީ ނާސަރީއާއި ނާސަރީ ކުދިންވެސް ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ވަނީ، މިއަދުން ފެށިގެން މާލެ ސަރަޙައްދުގެ ސްކޫލުތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ކުދިންނަށް ކިޔަވައިދިނުން ކުރިއަށް ގެންދާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ. އެލްކޭޖީން ފެށިގެން ސްކޫލްތަކުގެ ހުރިހާ ކުދިން، ސުކޫލަށް ގެންގޮސްގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އިޢުލާނެއް ނެރެފައިވާއިރު، އެޗްޕީއޭއިން މިއަދުވަނީ ސްކޫލްތަކަށް ދަރިވަރުން ޙާޟިރުވެ ކިޔެވުމުގެ ހުއްދަ ދީފައެވެ.
ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.
އަދި 2020-2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށިނަމަވެސް މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުންފެށިގެން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.

މިއަދުން ފެށިގެން މާލެ ސަރަޙައްދުގެ ސްކޫލުތަކުގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދިނުމަށް ހުއްދަ ދިނުމާގުޅޭ. pic.twitter.com/20uzb1YUuZ
— Ministry of Education (@MoEdumv) April 1, 2021
އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އިޢުލާނެއް ނެރެފައިވާއިރު، އެޗްޕީއޭއިން މިއަދުވަނީ ސްކޫލްތަކަށް ދަރިވަރުން ޙާޟިރުވެ ކިޔެވުމުގެ ހުއްދަ ދީފައެވެ.
ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.
އަދި 2020-2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށިނަމަވެސް މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުންފެށިގެން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.
ކިޔުންތެރިންގެ ހިޔާލު