ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަތުން އަތުލި ގއ. ރިބިދޫ އަލުން ޙަވާލުކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރީކަލްޗަރ އިން ޖާބިރަށް ވަރުވާއަށް ލިޔެދީފައިވާ ގއ. ރިބިދޫ ޖާބިރުގެ އަތުން ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކަމާގުޅިގެން ޖާބިރު ކޯޓަށް ހުށައަޅުއްވާފައިވަނީ، އެއްބަސްވުމާ އެއްގޮތަށް އެރަށުގެ ވަރުވާގެ ގޮތުގައި ޖާބިރު ދައްކަން ޖެހޭ ފައިސާ ދައްކަމުން ދަނިކޮށް، އެއްބަސްވުން ސަރުކާރުން ބާތިލު ކޮށްފައި ވަނީ، ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވާތީ ރަށް އަނބުރާ ޙަވާލުކޮށްދިނުމަށެވެ.
އެ މައްސަލާގައި ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޖާބިރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރިޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގެ މައްޗަށް ދައުވާކޮށް ހުށަހެޅި މައްސަލާގައި ގއ.ރިބިދޫ ޖާބިރުގެ ކިބައިން ވަކިކޮށްފައި ވަނީ ފަޅުރަށްރަށާ ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެދަށުން އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
އަދި އެ މައްސަލާގައި އެރަށް ޖާބިރުގެ އަތުން އަތުލީ އެއްބަސްވުމާ ޚިލާފަށްކަމަށް ޖާބިރު ބުނާ ބުނުން ފިޔަވައި އެހެން ހެއްކެއް ހުށައަޅާފައި ނުވާތީ އެރަށް އަނބުރާ ޖާބިރަށް ހަވާލުކުރުމަށް ދަޢުލަތަށް އަންގާނެ ތަނެއް ނެތް ކަމަށް ޙުކުމްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު