ބީއެމްއެލް އިން ޤާއިމްކުރި އޭޓީއެމް
ބީއެމްއެލް އިން ޤާއިމްކުރި އޭޓީއެމް
ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މި ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.

ބީއެމްއެލުން ބުނީ ކުޅުދުއްފުށިން މިހާރު ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ހިދުމަތް ލިބޭނެ ކަމަށެވެ. މި ސެންޓަރ މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މިއާއެކު ކުޅުދުއްފުށީގައި 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މިވަނީ ގާއިމްކުރެވިފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ. ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫ ގައި މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރ އަލުން ހުޅުވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން