ހިންދީ ފިލްމު ރާދޭގެ ޕޯސްޓަރެއް.
ހިންދީ ފިލްމު ރާދޭގެ ޕޯސްޓަރެއް.
ސަލްމާން ޚާންގެ ފިލްމު ރާދޭގެ ޓްރެއިލަރ، މިއަދު ރިލީޒް ކުރާނެކަމަށް އޭނާ ބުނެފިއެވެ.

މިކަމާބެހޭގޮތުން މިއަދު ހެނދުނު ސަލްމާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހިންދީ ފިލްމު ރާދޭގެ ޓްރެއިލަރ އިންޑިއާ ގަޑިން މިއަދު 11 ޖަހާއިރު ރިލީޒް ކުރެވޭނެކަމަށެވެ.

މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައިވާ މެއިމަހުގެ 13 ވަަނަދުވަހުއެވެ. އިންޑިޔާގައި ކޮވިޑް ކޭސްތައް މައްޗަށް ދިއުމާއިއެކު ހާލަތު ގޯސްވުމުން، ސިނަމާތަކުގައި ފިލްމު ނޭޅުވުނަސް އޮންލައިންކޮށް ސްޓްރީމްކުރާ ގޮތަށް ވަނީ ނިންމާފައެވެ. އަދި ހުއްދަ ލިބިއްޖެނަމަ ކޮވިޑުގެ ރައްކާތެރި ފިޔަވަޅުތަކާއިއެކު ސިނަމާތަކުގައި މިފިލްމު އެޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހިންދީ ފިލްމު ރާދޭ ގައި ސަލްމާން ޚާންގެ އިތުރުން، ދިޝާ ޕަޓާނީ އަދި ޖެކީ ޝްރޮފް ފެނިގެންދާނެއެވެ. މިއީ 2019 ވަނަ އަހަރަށް ފަހު ސަލްމާން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން