އައްޑޫ ސިޓީގެ ތަރައްގީގެ ވާހަކަ މިހާރު އަނެއްކާވެސް މާބަރަށް މިދެއްކެން ފެށީ އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމަށް އިންޑިޔާ ސަރުކާރުން ނިންމި ހިސާބުންނެވެ. އެއްބަޔަކަށް ތަރައްގީއަކީ ކޮންސިލޭޓް އޮފީހެވެ. އަނެއް ބަޔަކަށް ކޮންސިއުލޭޓް އޮފީސް މިވަނީ މިލިޓަރީ ދަންތުރައަކަށެވެ. ކޮންމެއަކަސް އައްޑޫގެ އިގްތިސާދީ މަގުޗާޓު ބައްޓަންވާން ޖެހޭނީ އައްޑޫ މީހުންބޭނުންވާ ގޮތަށެވެ. ސުވާލަކީ އެގޮތަށް ވާނެތޯއެވެ؟
އިންޑިއާ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރާވާހަކައަކީ ހަގީގަތުގައިވެސް ވަރަށް ހައްސާސު ވާހަކައެކެވެ. މީގެ ސަބަބުން އައްޑޫ ރައްޔިތުންގެ އިޙްސާސް ތަކާއި ކުޅެލާ ޖަޒުބާތުތައް ހިލުވާލާފައިވާކަން އެނގެނީ މީސްމީޑިއާއަށް ބަލައިލުމުންނެވެ. އެއްބަޔަކަށް ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަކީ ވަރަށް މުހިއްމު ކަމަކަށްވާއިރު އެއީ އައްޑޫގެ ތަރައްގީއާއި ގުޅިފައިވާ ކަމެކެވެ. އެބައިގެ ގިނަ މީހުންނަކީ ސަރުކާރު ފަޅީގެ މީހުންކަމީ ހަގީގަތެވެ. އަނެއް ބަޔަކަށް އެކަމުގައި ފެންނަނީ ބިރުވެރި ކަމަކެވެ. ނާމާން ކަމެވެ. މިލިޓަރީގެ ބިރުވެރިކަމާއިއެކު ކަޝްމީރުމީހުން އުޅެންޖެހިފައިވާ ޙާލެވެ. ނުވަތަ ލަކްޝަދީބަށް ހިންދެމިލާނެ ފުރުސަތެއް އިންޑިއާ ސަރުކާރުން ފަހިކޮށް ނުދީ އެމީހުން ގަނަތެޅޭ މަންޒަރެވެ. މިދެ ހާލަތަކީވެސް ފެންނާން އޮތް ހަގީގީ ދެހާލެތެވެ. ތޯތޯވާހަކައެއް ނޫނެވެ.
ކޮންމެ ގައުމަކުންވެސް އަނެއް ގައުމެއްގައި ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރާނީ އޭގެ ބޭނުން ޖެހިގެންނެވެ. ސުވާލަކީ އައްޑޫ ސިޓީގައި އެފަދަ ކޮންސިއުލޭޓް އޮފީހެއް މިހާރު ގާއިމު ކުރުމުގެ ބޭނުމެއް އެއްވެސް ވަރަކަށް އެބަތޮތްތޯއެވެ؟ މިފަދަ އޮފީހެއްގެ ފުރަތަމަ ބޭނުން ގުޅިފައި އޮންނާނީ ކޮންސިއުލޭޓް އޮފީސް ހުޅުވަން ބޭނުންވާ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންސިއުލޭޓް ހުޅުވޭ ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ ނަމައެވެ. އައްޑޫ ސިޓީގައި އިންޑިއާ ރައްޔިތުންގެ ނިސްބަތް ވަރަށް މަދެވެ. ގިނައީ ޓީޗަރުންނާއި އަދި ކޮންމެވެސް ވަރަކަށް ޑޮކްޓރުންނެވެ. ހަމަޔަގީނުންވެސް 200 މީހުން ހަމަ ނުވާނެއެވެ. އިންޑިއާ މީހުންނަށް ވުރެން ބަންގްލަދޭޝް ރައްޔިތުން އައްޑޫގައި ބޮޑުތަނުން ގިނައެވެ.
ދެން އަޅުގަނޑުމެން މިދައްކާ ވާހަކައަކީ އިންޑިއާގެ ޓްރިވަންޑްރަމްގައިވެސް ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުންނަވާހަކައެވެ. އެއޮފީހުގެ މުހިއްމުކަން ހަގީގަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެވެ. ސަބަބަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެތަނަށް އެކިކަންކަމުގައި ދާންޖެހުމެވެ. އެތަނަށް ވަގުތީ ގޮތުން ދިރިއުޅުން ބަދަލުކޮށްގެން އުޅޭދިވެހިންވެސް ވަރަށް ގިނައެވެ. ރާއްޖޭގެ ފަރާތުން އެތަނުގައި ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރީ ދިވެހިންނަށް ޚިދުމަތް ދިނުމަށެވެ. އޭގެ މުހިންމު ކަމާއި ބޭނުންތެރިކަން ނޭނގޭ ދިވެއްސަކު މަދުވާނެއެވެ. އެތަނުގެ މާބޮޑު މުހިންމު ކަމެއް އިންޑިއާ ރައްޔިތުންނަކަށް ހަމަޔަގީނުންވެސް އަދި ނެތެވެ. އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް ރާއްޖެއަންނަން އެޑްވާންސް ވިސާ ނަގާކަށް ނުޖެހެއެވެ.
ހަގީގަތަކީ އާއްމު ޙާލަތުގައި ދިވެހިންވެސް އިންޑިއާއަށް ދާކަށް ވިސާ ނަގާކަށް ނުޖެހެއެވެ. އޮން އެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް ކޮވިޑް-19ގެ މިހާލަތުގައި އިންޑިއާއަށްވެސް ދާން ދިވެހިން ވިސާނަގަން އެބަޖެހެއެވެ. މިޒަމާނުގައި ގައުމުތަކުން އޮންލައިންކޮށްވެސް ނުވަތަ އީވިސާ އެބަދޫކުރެއެވެ. އެއީ މިޒަމާނުގައި އެހާ އުނދަގޫ ކަމެއްނޫނެވެ. އިންޑިއާއަކީ ރާއްޖޭގެ ރައްޔިތުންނަށް އެހާ އޯގާތެރި ބައެއްނަމަ، އޮންލައިން ވިސާގެ އިންތިޒާމު ހަމަޖެއްސުމަކީ އިންޑިއާފަދަ ގައުމަކަށް ހަމަ ސުމެއްގެ ކަމަކެވެ. މިހާރުވެސް އިންޑިއާއިން އީވިސާގެ ޚިދުމަތް ވަރަށް ގިނަގައުމުތަކަށް ދެއެވެ. ނަމަވެސް ދިވެހިން އިންޑިއާ އެންބަސީ އޮފީހުގެ ފާރު ބުޑުގައި ކިއުޖެހިގެން، ވިސާނުލިބިގެން އެތައް ދުވަހަކު ތިބެން އެބަޖެހެއެވެ. އެއީ ހަމަ ދިވެހިންނަށް އޯގާތެރިވީމަ ވާގޮތެއް ތޯއެވެ؟ އެއީ ހަގީގަތުގައި މިޒަމާނުގައި އެކަން ކުރަން ޖެހޭ ގޮތެއް ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެއެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ހުޅުވިނަމަވެސް އޭގެ ޚިދުމަތް ހޯދަން ބޭނުންވާ އެހާ ގިނަ އިންޑިއާ ރައްޔިތުން ހަމަ ޔަގީނުންވެސް އައްޑޫގައި ނެތެވެ. ގިނަ މީހުންނަނީ ސަރުކާރުގެ ވަޒީފާތަކަށް ގެނެސްފައި ތިބި ވޯކްވިސާ މީހުންނެވެ. އެހެނިހެން ކަންކަމުގައި އައްޑޫގައި ދިރިއުޅޭ އިންޑިއާމީހުން ވަރަށް މަދެވެ. ދެން އުޅުނަސް އުޅޭނީ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާ މީހުންނެވެ. އެމީހުންގެ އަދަދުވެސް ހަމަޔަގީނުންވެސް އައްޑޫ ސިޓީގައި 5 އަށްވުރެ ގިނަ ނުވާނެއެވެ.
ގައުމެއްގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުގެ ދެވަނަ ބޭނުމަކަށް އޮންނާނީ އެތަނެއްގައި އެގައުމުގެ ގިނަ ބަޔަކު އުޅެން ނުވަތަ ވަޒަންވެރި ކުރުވަން މުސްތަގުބަލުގައި ހަމަޖެހިފައިވާ ނަމައެވެ. އެފަދަ ކަމަކަށް ތައްޔާރުވާނަމަ އެއީ ހަގީގަތުގައިވެސް ބިރުވެރި ސިގްނަލެކެވެ. ސަބަބަކީ މިދުވަސް ކޮޅަކީ އިންޑިއާގެ މިލިޓަރީއެއް އައްޑޫގައި ގާއިމު ކުރާވާހަކަ ދައްކާ ދުވަސްކޮޅަކަށް ވާތީއެވެ. މިލިޓަރީ މީހުން އެތަނެއްގައި ގިނަވުމަކީ އެއީ ތަރައްގީއަށް އެޅޭނެ ހުރަހެކެވެ. އައްޑޫގެ ސިޔާސީ އިސްވެރިން އެކަމަކީ އައްޑޫގެ ތަރައްގީއާއި ގުޅިފައިވާ ކަމެކޭ ބުންޏަސް އެއީ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ކޮންމެ ފަހަރަކުވެސް އައްޑޫ ރައްޔިތުން އުއްމީދާއެކު ހޮވާ ބޭފުޅުން މިވަނީ ހަމަ ގަމާރުންނަށްތޯއެވެ؟ ނުވަތަ އައްޑޫ ރައްޔިތުން ގަމާރީތޯއެވެ؟ އެވާހަކަ އިހަށް ބާއްވާށެވެ.
ވަރަށްފަހުން އިންޑިއާއެކު ދިވެހިސަރުކާރުންވަނީ އައްޑޫގެ ތަރައްގީއަށް 800 މިލިއަން ޑޮލަރުގެ ލައިންއޮފް ކްރެޑިޓް އެއްބަސްވުމެއްގައި އެކްޒިމް ބޭބްކާއެކު ސޮއިކޮށްފަ އެވެ. މި އެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރެލް ޝާނާ ފާރޫގެވެ. އެގްޒިމް ބޭންކް ނުވަތަ އިންޑިއާގެ ފަރާތުން ސޮއިކޮށްފައިވަނީ އެބޭންކުގެ ޗީފް ޖެނެރަލް މެނޭޖަރ ޝްރީ ގައުރޯވް ސިންގް ބަންޑާރީއެވެ.
މިހާތަނަށް މިއެއްބަސް ވުމުގައި ލިޔެފައިވާ ޝަރުތުތަކެއް އެއްވެސް ފަރާތަކަށް ނޭނގެއެވެ. މިދަނޑިވަޅުގައި ކޮންސިއުލޭޓް އޮފީހެއް އައްޑޫސިޓީގައި މިހަދަނީ މިއެއްބަސްވުމުގެ ދަށުން ކަމަށްވެސް ވެދާނެއެވެ. އިންޑިއާ އަބަދުވެސް ބޭނުންވާ ކަމެއް އެބައޮތެވެ. ރާއްޖެ ހިމެނޭ ސަރަހައްދު އިންޑިއާގެ ބާރުގެ ދަށުގައި ބޭއްވުމެވެ. ބައެއް ދިވެހިން ގަބޫލު ވަނީ އިންޑިއަން އޯޝަންއޭ ބުނީމާ އެއީ އިންޑިއާގެ މިލްކިއްޔާތުގައިވާ ކަނޑު ކަމަށެވެ. ދިވެހި ރާއްޖެވެސް އޮތީ އިންޑިއާ ކަނޑުގައެވެ. ނަމަވެސް އިންޑިއާ ކަނޑަކީ އިންޑިއާގެ މިލްކެއް ނޫނެވެ. އެއީ އެކަނޑަށް ދެވިފައި އޮންނަ ބައިނަލްއަގުވާމީ ނަމަކެވެ. އައްޑޫ ކަނޑު އޮންނަނީ ފުވައްމުލަކާ އައްޑޫއާއި ދެމެދުގައެވެ. ނަމަވެސް އެކަނޑަކީ އައްޑޫގެ އިޚްތިސާސުގައި ހިމެނޭ ތަނެއް ނޫނެނެވެ. އެއީ އެކަނޑަށް ދީފައިވާ ނަމެވެ.
އައްޑޫ ސިޓީގައި ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމުގެ ކުރިން އައްޑޫ ތަރައްގީގެ ނަމުގައި އިންޑިއާއިން ނަގާފައިވާ ލޯނުގެ އެއްބަސްވުން އައްޑޫ ރައްޔިތުންނަށް އެބައެނގެން ޖެހެއެވެ. ދަންތުރައެއްގައި ތާށިވުމުގެ ކުރިން މިއެއްބަސްވުމުގެ ހަގީގަތް ސިޓީ ކައުންސިލުން ބަލާ، އޭގައި ހިމެނޭ ހުރިހާ ކަމެއް އައްޑޫ ރައްޔިތުންނަށް ހާމަ ކުރަން ޖެހެއެވެ. އަދި މިހާރުގެ ޕޮލިސް އެކަޑަމީ ހިންގުމުގައި އިންޑިއާގެ ބައިވެރިވުން ހިމެނޭ އެއްބަސްވުންވެސް އައްޑޫ ރައްޔިތުންނަށް އެނގެންޖެހެއެވެ. މިއެއްބަސްވުން ތަކުގައި ހުރި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް އެކަމުގައި އައްޑޫގެ ކުރިމަގަށް ބިރުވެރިކަމެއް ނެތްނަމަ އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމުގެ އެހާ ބޮޑު މައްސަލައެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވެ އެވެ.
ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށްފަހު، އެއޮފީސް ހުންނަ ތަނަކީ ރާއްޖޭގެ ގާނޫނު ހިނގާނެ ތަނެއް ނޫނެވެ. ހަގީގަތުގައި ކޮންސިއުލޭޓް އޮފީސް ނުވަތަ ކޮންސިއުލޭޓް ޚިދުމަތަކީ އެހުންނަ ގައުމަށް އެއިން މާބޮޑު މަންފާއެއް ކުރާކަމެއް ނޫނެވެ. އެއީ ޑިޕޮލަމެޓިކް އިމުނިޓީއެކެވެ. އެތަނުގައި ދެވޭ ޚިދުމަތަކީ އެހުންނަ ގައުމެއްގެ ގާނޫނުގެ ބޭރުން ހިނގާކަންތައް ތަކެވެ. ސަރުކާރުގެ ބަޔަކަށްވެސް އެތަނަށް ވަދެވޭނީ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގެ ބޭނުން، ރާއްޖޭގެ ތަރައްގީއާއި ނުވަތަ އެހުންނަ ތަނުގެ ތަރައްގީއާއި އެއްވެސް ގުޅުމެއް ނޯންނާނެ އެވެ. ބަޔަކު އެއީ ތަރައްގީއަށް އެޅޭ ފިޔަވަޅެއް ކަމަށް ބެލިޔަސް އެއީ އޮޅުވާލަން ދައްކާ ވާހަކަ އެކެވެ.
ދެން މިކަމާއި ގުޅުވައިގެން އެއްބަޔަކު ދައްކަނީ އިންޑިއާއިން ހުޅުމާލޭގައި 2000 ފްލެޓް އަޅާނަމަ ހުޅުމާލޭގެ މިނިވަންކަން ގެއްލޭވާހަކަ އެވެ. މިއީ އައްޑޫގައި ގާއިމުކުރާ ކޮންސިއުލޭޓް އޮފީހާއި އަޅުވާކިޔާ ދައްކާ ތާކުން ތާކުނުޖެހޭ، އަދި ބޯހަމަ ނުޖެހޭ ވާހަކައެކެވެ. އައްޑޫގައި މިލިއަނުން އިންޑިއާއިން ފްލެޓް އެޅިޔަސް އެކަމުގެ ފައިދާ ރައްޔިތުންނަށް ސީދާ ކުރާނެއެވެ. އެކަމާ ބަޔަކު ދެކޮޅުވެސް ހަދާނެ ހެނެއް ހީއެއް ނުވެއެވެ. މީގެ ކުރިން އިންޑިއާގެ ބޭންކެއްވެސް އައްޑޫގައި ގާއިމު ކޮށްފަ އެބަހުއްޓެވެ. ބަޔަކު އެކަމާއި ވިއްދައިއިގެން މިނިވަންކަން ގެއްލިގެން އުޅޭވާހަކައެއް ނުދައްކަ އެވެ.
އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭނީ އިންޑިއާގެ ޑިޕޮލަމެޓިކު އިމުނިޓީ އައްޑޫ ސިޓީގައި ބާރުގަދަ ވާނަމަ އެވެ. އެކަމަށް ފުރުސަތު ދިނުމަށް ގޮވާލުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމެވެ. އެކަން އެއްވެސް ބަޔަކު ނުކުރައްވާށެވެ. މީގެ ކުރީ ސަރުކާރުތަކުން ކަމެއް ގޯސްކޮށް ކުރިއޭކިޔާފަ މިހާރު ހަމަ އެގޯސް ހެދުމަކީ ހުއްޖަތަކަށް ނަހައްދަވާށެވެ. މީގެ ކުރިން ރާއްޖޭގެ ބިން މިލްކް ކުރެވޭ ގޮތަށް ދިނުން ގޯހެވެ. އެގޯސް މިހާރު ރަނގަޅު ކޮށްފިއެވެ. އިތުރަށް ގޯސް ނަހައްދަވާށެވެ. އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅުއްވާށެވެ. އައްޑޫ ތަރައްގީކުރަންވާނީ އައްޑޫގެ މިނިވަންކަން ނުގެއްލޭގޮތެއްގެ މައްޗަށެވެ.
ޑރ. ވަހީދު ސަރުކާރުގައި ޕޮލިސް އެކަޑަމީ އިމާރާތްކުރަން އައްޑޫ ސިޓީއިން ބޮޑުބިމެއް ދިނެވެ. އޭރު އެތަނުގެ މަސައްކަތް ކުރަމުން އައިސް ޔާމީނުގެ ވެރިކަމުގައި މަސައްކަތައް މަޑުޖެހުމެއް އައިތަން ފެނުނެވެ. އަދި އައްޑޫގައި ގާއިމުވެފައި އޮތް ހެލިކޮޕްޓަރ އޮޕަރޭޝަން ދިވެހިން އަތްމައްޗަށް ދޫކޮށް، އިންޑިއާމީހުން އައްޑޫއިން ފޮނުވާލުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް މިހާރުގެ ސަރުކާރު އައުމާއެކު ޕޮލިސް އެކަޑަމީގެ މަސައްކަތް ބާރަށް ކުރިއަށް ގޮސް އަދި ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިން ގިނަކުރިކަމީ ހަގީގަތެކެވެ. އެމީހުންނަށް ކާންދިނުމުގެ ޚިދުމަތުގައި އުޅޭ ކުންފުނި ތަކުން މިފަދަ މިޝަންތައް ގިނަ ކުރުމަށް މަސައްކަތް ކުރާނެއެވެ. އެއީ އެމީހުންގެ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށެވެ. މިފަދަ ހާލަތުގައި އަމިއްލަ ވިޔަފާރިއަށްވުރެން ބޮޑުވާނީ އައްޑޫ ސިޓީއެވެ. އައްޑޫއަށް ދެރަގޮތެއް ވިޔަނުދޭށެވެ.
ދެކުނުގެ މީހުންނަށް ފަސޭހައަކަށް ކޮންސިއުލޭޓް އޮފީހެއް އިންޑިއާއިން ގާއިމުކުރަން ބޭނުންނަމަ އެކަން ކުރުން އެންމެ ރަނގަޅީ ފުވައްމުލަކުގައެވެ. އޭރުން ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފަސޭހަ ލިބޭނަމަ ލިބިގެންދާނެއެވެ. ސިޔާސީ ބޭނުމަކަށް އައްޑޫގެ އިގްތިސާދީ ތަރައްގީއަށް ހުރަސް ނާޅުއްވާށެވެ. ސިޔާސީ ބޭފުޅުންގެ އަވައިގައި ޖެހިގެން ވަޒީފާއެއް ލިބިދާނެ ކަމުގެ އުއްމީދުގައި އައްޑޫގެ ކުރިމަގު ބަނަކުރުމަށް މީސްމީޑިއާގައި ފާޑުފާޑުގެ ބޯހަމަނުޖެހޭ ވާހަކަ ޕޯސްޓް ކުރުން ހުއްޓާލައްވާ ށެވެ. އައްޑޫ ތަރައްގީގެ ނަމުގައި ފާޑުފާޑުގެ ރިޕޯޓުހަދާ މަޝްހޫރު ޓީވީ ޗެނެލްތަކުގައި ދައްކާ، އައްޑޫ ރައްޔިތުން މީ މޮޔައިން ކަމުގައި ހަދަން ނޫޅޭށެވެ. އިންޑިއާގެ ފަރާތުން ކަޝްމީރަކަށްވެސް އުއްމީދެއްނެތެވެ. އަދި ލަކްޝަދީބަކަށްވެސް ކުރިމަގެއް ނެތެވެ. މިހަގީގަތާއި ކުރިމަތިލާށެވެ. ރައްކާވެ ތިބިއްޔާ އަމާން ދަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު