އިންސާނުންގެ ފަރާތުން ތިމާވެއްޓާއި ދުނިޔެއަށް ކޮންމެވެސް ބަދަލުތަކެއް އަންނަކަމީ އެއްވެސް ބަޔަކު ދެބަސްނުވާނެ ހަގީގަތެކެވެ. އަޅުގަނޑުމެންގެ ދުނިޔެއަކީ ވަރަށް ގިނަ ގޮތްގޮތުން އަމިއްލައަށް އިއާދަ ވުމުގެ ގާބިލްކަން ލިބިފަވާ ތަނެކެވެ. ނަމަވެސް އިންސާނީ ތަރައްގީއާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ދުނިޔޭގެ ގުދުރަތީ ނިޒާމުތަކަށް ބުރޫއަރާ އަލުން އިއާދަ ނުކުރެވޭފަދަ ގެއްލުން ވާންފެށުމުން އިންސާނުންގެ އާދަކާދަތަށް ބަދަލުކޮށް ދުނިޔޭގެ ނިޒާމުތައް ރައްކާތެރިކޮށް އިއާދަ ކުރަން މަސައްކަތް ކުރަންޖެހެއެވެ.
ދިވެހި ރާއްޖޭގައި ގްރޭޓަރ މާލެ ސަރަހައްދަކީ ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ މީހުން ގިނަ ކާރުބާރު ބޮޑު ސަރަހައްދެވެ. އަދި މީހުން ބައިބޯވެ ތޮއްޖެހުން އިތުރުވާ ވަރަކަށް މިސަރަހައްދުގައި ދިމާވާ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ 30 އަހަރަށް ބަލާާލާއިރު މާލެ ސިޓީގެ މުޖުތަމައުއަށާއި ދިރިއުޅުމަށް ވަނީ އެތައް ބަދަލެއް އައިސްފައެވެ. އައު ވިޔަފާރިތަކާއި ހިދުމަތްތައް ގިނަވުމާއެކު މީހުން އެކިތަންތަނަށް ދާންޖެހުމާއި މުދާ އުފުލުން ވަނީ އިތުރުވެފައެވެ. ހަމަ އެއާއިއެކު މަގުތައްވަނީ އެކިބާވަތުގެ ވެހިކަލްތައް އިތުރުވެ ތޮއްޖެހޭ ހިސާބަށް ގޮސްފައެވެ. އަހަރުތަކެއް ކުރިން މަދު ސައިކަލާއި ކާރުފަދަ ވެހިކަލްތަކުން ދަތުރުފަތުރުގެ ކަންކަން ފަރުޖެހިގެން ތިބި މާލޭގައި މިހާރު މިވަނީ މަގުމަތި ފުރި ވެހިކަލް ދުއްވުމާއި ހިނގުން އަދި ނޭވާލުމަށްވެސް ދަތިވާ ހިސާބަށް ގޮސްފައެވެ.
ދުނިޔޭގައި ދަތުރުފަތުރުން އުފެދޭ ގްރީންހައުސް ގޭހުގެ 95 އިންސައްތައަކީ ކާބަންޑައިއޮކްސައިޑްއެވެ. ކާރުޙާނާތަކަށް އައި އިންގިލާބައްފަހު ގްރީންހައުސް ގޭސްއުފެދުމާއި ބޭރުވުން ވަނީ އިންތިހާއަށް މައްޗައްގޮސްފައެވެ. މިގޭސްތައް އުފެދުމާއި ބޭރުވުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި އެފިޔަވަޅު ތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އެހެން ނޭދެވޭ އަސަރު ތަކައްވެސް އެދެވޭ ބަދަލެއް އާންނާނެެއެވެ.
ސިޓީއެއްގައި މީހުންނާއި ހިދުމަތްތައް ގިނަވުމާއިއެކު ހަކަތަ ބޭނުންވާވަރު އަދި ހަކަތަ އުފައްދަންޖެހޭ މިންވަރު ދާނީ މަތިވަމުންނެވެ. ހަކަތަ އުފައްދާ މިންވަރު އިތުރުވުމާއެކު އުފެދޭ ގޭސް ގިނަވެ ވައި ތަގައްޔަރުވުމާއިއެކު ހޫނުމިން މައްޗައްދެއެވެ. ނަމަވެސް ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ އެހީގައި މިކަންކަމަށް ހައްލުހޯދޭނެއެވެ. މަދު ހަކަތަބޭނުންކުރާ ބާވަތުގެ ވަސީލަތްތައް އަންނަނީ އީޖާދު ކުރަމުންނެވެ. އަދި އެފަދަ އައު ވަސީލަތްތަކަށް އަހުލުވެރިވެ ގިނަމީހުން ބޭނުންކުރަން ފެށުމުން ގަނަކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލު ލިބިގެންދާނެއެވެ.
މުޖުތަމައުގައި އާބާދީ ބޮޑުވާވަރަކަށް އުފެދޭ ކުނިގިނަވެއެވެ. ކުނި އެއްކުރުމާއި ނައްތާލުމަށް އެކަށޭނަ ނިޒާމުތަކެއް ގާއިމު ކުރެވިފަވީނަމަވެސް އާބާދީ ބޮޑުވަމުންދާ މިންވަރާ ކުނި އުފެދޭ މިންވަރަށް ބަލާއިރު އަދިވެސް މިހާރަށްވުރެ ހަރުދަނާ ރަނގަޅު ނިޒާމް ތަކެއް ގާއިމްކުރުންވަރަށް މުހިންމެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ތަންތަނުގަ ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގަ އިރުގެ ހަކަތައިން މަސައްކަތްކުރާ ކުނި ކޮމްޕެކްޓް ނުވަތަ ފިއްތާ މެޝިނު ހިމެނެއެވެ. މި ސްމާޓް ސިސްޓަމްގައި ސެންސަރު އަދި ކެމެރާ ހުރެއެވެ. އަދި އަމިއްލައަށް ކުނި ކޮމްޕްރެސްކޮށް މެޝިން ފުރުމުން ކުނި މެނޭޖްކުރާ އިދާރާތަކަށް ކްލައުޑް މެދުވެރިކޮށް ސިގްނަލް ދެއެވެ. ސިގްނަލް ލިބުމުން މެޝިން ހުސްކުރާ ވެހިކަލް ގޮސް އެ މަސައްކަތް ކުރުމުން މިފަދަ ބޮޑެތި ވެހިކަލްތަކުގެ ބޭނުން ކުރުން މަދުވެ އޭގެން އުފެދޭ ގޭހުގެ މިންވަރާ ކާބަން ފުޓްޕްރިންޓް ކުޑަވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ހޯދުންތައް ދައްކާގޮތުގައި ދުނިޔެއަށް ބޭރުވާ ކާބަންޑައި އޮކްސައިޑްގެ 25 އިންސައްތައަކީ ދަތުރުފަތުރުގެ ނިޒާމުތަކުން އުފައްދާ އެމިޝަންތަކެވެ. ވެހިކަލްތަކުން ވަރަށް ގިނަ އަދަދެއްގެ ތެޔޮބޭނުންކުރެއެވެ. އަދި އެއާއެކު އުފެދޭ އެމިޝަންތައް ގިނައެވެ. ތެޔޮ ބޭނުންކުރާވަރު އަދި އުފެދޭ އެމިޝަން މަދުުވާނެހެން ވެހިކަލް ދުއްވުމަށް އެންމެ ރަނގަޅީ ގަޑިއަކު 45-65 މޭލުގައި ދުއްވުމެވެ. ދަތުރުފަތުރުގެ ނިޒާމްތަކުގައި މިހާރު ފަހުގެ ސޮފްޓްވެއަރ، ހާޑްވެއަރ އަދި ޓެކްނޮލޮޖީ ބޭނުންކޮއްގެން އެންމެ އަވަސް އަދި ރައްކާތެރި ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިކޮށްފައެވެ. ކެމެރާ، ސެންސަރ އަދި ޓްރެފިކް ސިގްނަލް ބޭނުންކޮށްގެން ޓްރެފިކް ތޮއްޖެހި ހުއްޓުންނުއަރާނެ މަގުތަކުން ދަތުރު ކުރުމަށް އަންގައިދޭ ވަކި ނެވިގޭޝަން ސިސްޓަމްތައް ހުރެއެވެ. މީގެ އިތުރުން ސްމާޓް ބައިސްކަލު ބޭނުންކުރުމާ ރައިޑް ޝެއަރ ކުރުންފަދަ ކަންކަމަކީވެސް މިހާރު އާލާވަމުން އަންނަ ކަންކަމެވެ.
މިފދަ ބައިވަރު އައު ނިޒާމުތައް އެހެން ގައުމުތަކުގައި ބޭނުންކޮށް ކުރިއެރުންތައް ހޯދާވަވެއެވެ. ސިންގަޕޫރުގައި ސަރުކާރުގެ ފަރާތުން މުޖުތަމައުގައި ބަސް ބޭނުންކުރާ ފަރާތްތަކާ ސަރަހައްދުތައް ފާހަގަކޮށް (މީހުންގެ ޒާތީ މައުލޫމާތު ނުހިމަނާ) އަމިއްލަ ބަސް ދުއްވާ ކުންފުނިތަކާ ހިއްސާ ކުރުމުން ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތަތަކަށް ފަސޭހަވެ ކާރުފަދަ އަމިއްލަ ވެހިކަލް ބޭނުންކުރާވަރު މަދުވެއެވެ. މި ކްރައުޑްސޯސްޑް ހިދުމަތަށް ކިޔަނީ ބީލައިން އެވެ.
2020 ވަނަ ކޮވިޑް 19 އާގުޅިގެން ފުރަތަމަ ފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަށް ލޮކްޑައުންކުރުމުން ގުދުރަތީ އެކިނިޒާމުތައް އާރާސްތުވެ އެކި ކަހަލަ ދިރުންތައް ސިޓީ ތަކުގައި އާލާވިއެވެ. މީހުން ގޭގޭގައި ލޮކްޑައުން ވުމާއެކު ވެހިކަލްތައްވެސް ޕާކްކުރިގޮތައް ލޮކްޑައުންވީއެވެ. ޕެޓްރޯލް ޝެޑްތަކުގައި އާންމުކޮށް އޮންނަ ކިޔުތައް ގެއްލުމުން އޮފީސްތަކާ ސްކޫލުތަކަށް ދުއްވުމަށް ބޭނުންކުރެވޭ ތެލުގެ މިންވަރު އަންދާޒާ ކޮއްލެވެއެވެ. ލޮކްޑައުންގެ ދުވަސްކޮޅުގައި ބޭރުތެރޭގެ ވައި ސާފުވެ ހަމަނޭވާލާން ފަސޭހަކަން ފާހަގަވިއެވެ. މިކަމުން ދޭހަވީ ގޭގަ ތިބެމަސައްކަތްކުރުން ފަދަ އައު އާދަތަކުން ދިރިއުޅުމުގެ އިތުރުން ތިމާވެއްޓައްެވެސް އެދެވޭ ބަގަލުތަކެއް ގެނެވިދާނެކަމެވެ.
ޕޮލޫޝަން ނުވަތަ ވައި ނުސާފުވުން ކުޑަކުރުމުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށް ވައިގެ ކޮލިޓީ، ހަކަތަ ބޭނުންކުރާވަރު އަދި ފެނާ ކަރަންޓު އަދި އުފެދޭ ކުނި މޮނިޓަރ ކޮށްގެން އެމިޝަންސް 10-15 އިންސައްތަ މަދުކުރެވިދާނެއެވެ. ސެންސަރު އަދި ކެމެރާތަކުން ލިބިދޭ ޑޭޓާގެ އެހީގައި މިކަންކަން މޮނިޓަރ ކުރެވި އެމައުލޫމާތުގެ އަލީގައި ބޭނުންތެރި ހައްލު ހޯދޭނެ ވސީލަތްތައް އަދި ހިދުމަތްތައް ގާއިމްކުރުމުން އިސްރާފުކުޑަ މަދު ހަކަތަ ބޭނުންކުރާ ސާފުތާހިރު ސިޓީއެއް ބިނާކުރެވޭނެއެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދާ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ދަށުން މިފަދަ އުުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހުޅުމާލެެއަކީ ސްމާޓް ތިމާވެއްޓާ ރައްޓެހި ފަހި ސިޓީއަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު