ހުޅުމާލޭގައި އެއްޗެއް ގޮވި ބާރުގަދަ އަޑާއެކު ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް އޮންނަ ހުސްބިމުގައި ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލޭ ސަރަހައްދަކުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިގެން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުުހުން ބުނެ އެވެ. އެހާދިސާ ހިނގި ކަމަށް ބުނާ ސަރަހައްދުގެ ބިންމަތިން ވަނީ ޝައްކު ކުރެވޭ އެއްޗެއް ވެސް ފެނިފައެެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށް ސިފައިން ވަނީ ޝައްކު ކުރެވޭ އެތި ފެނުނު ސަރަހައްދުގެ އެކި ތަންތަން ޗެކްކޮށްފައެވެ.

ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް އޮންނަ ހުސްބިމުގައި އެ ވަގުތު ކުޅިވަރު ކުޅެމުންދިޔަ ބައެއް މީހުން ބުނީ ސަރަހައްދުން ވަރަށް ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވި އަޑު އިވުނުކަމަށާއި އަދި އެއްޗެހިތަކެއް ބުރައިގެން ދިޔަ މަންޒަރުވެސް ފެނުނު ކަމަށެވެ. އަދި ޒާތަކަށް އޮތް އެއްޗެއް އެ ސަރަހައްދުން ފެނުނުކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، އަދި ސާފެެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދުރުމި

26-Jul-2021

އިންޑިއާ އަޑީގައި އޮވެގެން ކުޅުވާ ގޭމަކަށް ވުން އެކަށީގެންވެއެވެ



ޓްރެންޑިން