ނަރުހުންގެ ދުވަހާއި ގުޅުވައިގެން ޤަތަރް އެއަރވޭސްއިން 100 ހާސް ޓިކެޓް ސިއްހީ ޚިދުމަތްތެރިންނަށް ހަދިޔާ ކުރަން ނިންމައިފިއެވެ.
ޤަތަރް އެއަރޥޭސްއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ނަރުހުންގެ ދުވަހާއި ގުޅިގެން ގަތަރުއެއާވޭސްއިން ދޭ މި ހަދިޔާގައި އެ އެއާލައިން ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދެމީހަކަށް ދެކޮޅު ޓިކެޓް ދޭނެކަމަށެވެ. ހަތަރު އެއާވޭޒްގެ މިހަދިޔާއަކީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ރޯގާ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިން ކެނޑިނޭޅި ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާއެއް ކަމަށެވެ. އެ ގޮތުން މިހިނގާ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 18 އާއި ހަމައަށް އެފަދަ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް ގަތަރު އެއާވޭސް އިންވަނީ ހުޅުވާލާފައެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިއަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭ ނެއެވެ. ޤަތަރް އެއަރވޭސްއިން މި ފުރުސަތު ހުޅުވާލާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޕެރެމެޑިކްސްއާއި، ލެބް ޓެކްނީޝަނުންނާއި، ކްލިނިކަލް ރީސާޗަރުންގެ އިތުރުން ބޭސްވެރިން ހިމެނޭގޮތަށް ކުރީ ސަފުގައި މަސައްކަތްކުރާ ހުރިހާ ސިއްހީ ޚިދުމަތްތެރިންނަށެވެ.
100،000 ޓިކެޓު ދޫކުރުމުގައި ހަމަހަމަކަން ކަށަވަރުކުރުމަށްޓަކައި، 12 ވަނަ ދުވަހާއި 18 ވަނަ ދުވަހާއި ދެމެދު ކޮންމެ ދުވަހެއްގައި ޓިކެޓު ދޫކުރެވޭނީ ވަކި އަދަދަކަށްކަން އެ އެއަރލައިނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ދޯހާ ގަޑިން ދަންވަރު 12:01 ގައި ކޮންމެ ދުވަހަކު ވެސް ދޫކުރުމަށް ކަނޑައެޅިފައިވާ ޓިކެޓުގެ އަދަދު ހާމަކުރާނެއެވެ. އަދި ކޮންމެ ގައުމަކަށްވެސް ސްލޮޓްތައް ދޫކުރެވޭނީ އެގައުމެއްގެ އާބާދީއަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ޤަތަރް އެއަރވޭސް އިން ވަނީ ބުނެފައެވެ.
މި ފުރުސަތުގައި ދަތުރު ކުރެވޭނީ މިހިނގާ މެއި މަހުގެ 26 އިން ފެށިގެން ޑިސެންބަރު 10 އާއި ދެމެދުގެ ތާރީޚު ތަކުގައެވެ.
ޤަތަރް އެއަރވޭސް އިން އިތުރަށް ބުނީ ދޯހާގައި ހުންނަ އެ އެއަރލައިންގެ މައި އެއަރޕޯޓު، ހަމަދް އިންޓަނޭޝަނަލް އެއަރޕޯޓުގެ ޤަތަރް ޑިއުޓީ ފްރީއިން ސިއްހީ ޚިދުމަތްތެރީންނަށް 35 އިންސައްތައިގެ ޑިސްކައުންޓެއްވެސް ލިބޭނެކަމަށެވެ. ދަތުރުކުރާއިރުވެސް، އެކަން ކަށަވަރުކުރުމަށްޓަކައި، ސިއްހީ ޚިދުމަތްތެރިއެއްކަން ކަށަވަރުކޮށްދޭ ލައިސެންސެއް ނުވަތަ އެހެންވެސް ލިޔުމެއް އަބަދުވެސް އޮންނަންވާނެއެވެ.
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއަރ ވެސް ވަނީ ޤަތަރް އެއަރވޭސްގެ ޕޯސްޓް މިއަދު ރީޓްވީޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު