ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޝޯވް "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން" އިން މަޝްހޫރުކަން ލިބިގެންދިޔަ ކައިލީ ޖެނާ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ.

ކައިލީ ދެވަނަ ދަރިއަކަށް ބަލިވެ އިންވާހަކަ މީގެ ކުރިން އެކި މީޑިއާތަކުން ލަފާކޮށް ރިޕޯޓު ކުރިނަމަވެސް، އެކަން ޔަގީންކޮށްދިނުމަށް ކައިލީ އަދި އޭނާގެ އާއިލާގެ މީހަކުވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ކައިލީ ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ދެވަނަ ދަރިއަކަށް ބަލިވެއިންކަން މީސްމީޑިއާ މެދުވެރިކޮށް ޔަގީންކޮށްދީފައެވެ.

މީސްމީޑިއާއަށް އޭނާ ދޫކޮށްލާފައިވާ ވީޑިއޯއިން ބަލިވެ އިންތޯ ޓެސްޓުކޮށް، ކައިލީގެ ލޯބިވެރިއާ ޓްރޭވިސް ސްކޮޓަށް އޭނާ ބަލިވެއިންކަން އަންގައިދޭ މަންޒަރާއި، ބަނޑު ސްކޭން ކުރުމަށްފަހު ކައިލީގެ މަންމައަށް އޭނާ ބަލިވެއިން ހަބަރު ދޭތަން ފެނިގެން ދެއެވެ.

އުމުރުން 24 އަހަރުގެ ކައިލީ ޖެނާ އަދި އޭނާގެ ލޯބިވެރިއާ، އިނގިރޭސި ލަވަކިޔުންތެރިއާ ޓްރޭވިސް ސްކޮޓް، 30އ، އަށް ފުރަތަމަ ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ކައިލީ ފުރަތަމަ ބަލިވެއިންކަންވެސް އާންމުންނަށާއި މީޑިއާތަކަށް ވަނީ ސިއްރުކޮށްފައެވެ. އަދި ފުރަތަމަ ދަރިފުޅު، ސްޓޯމީ، ލިބުނުކަން އާންމުކޮށްފައިވަނީ، ވިހެއުމަށްފަހު ދަރިފުޅަށް މެސެޖެއް ދިނުމުގެ ގޮތުން މީސްމީޑިއާއަށް އާންމުކޮށްފައިވާ ވީޑިއޯއަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން