ކުރީގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބަލާނެ ކަމުގެ ޔަޤީންކަން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުތަކުގެ ޚިޔާނާތްތަކާއި، ގޮތްނޭންގޭ ގޮތަށް މަރާލައި ނުވަތަ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިޙް އުފައްދަވާފައިވާ ކޮމިޝަންތަކުގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މިމައްސަލަ ބަލަން ނިމާފައެވެ.
މި ބަހުސްގެ ފޯރި ގަދަވެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި އިންނެވުމަކީ، އިންސާފު ކަމަށް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅީގެން މިއަދު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އާއި ފޯނުން ގުޅުއްވައި ޢީދުގެ ތަހުނިޔާ ދަންނަވާފައިވާ ކަމަށެވެ. އަދި ޚިޔާނާތުގެ މައްސަލަތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިނިސްޓަރ ވަރަށްބޮޑު ޔަޤީންކަމެއް ދެއްވި ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި، ވައްކަން އަދި މަރުތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ކުރަށްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރަށްވާނެކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިނިސްޓަރ އިމްރާން އެކަމުގައި ދެއްވާފައިވާ ޔަޤީން ކަމަށްޓަކައި މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާފައެވެ.
ކުރީ ސަރުކާރުގެ ޚިޔާނާތާއި، ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅައި އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެހެން ނަމަވެސް އެ މަސައްކަތުގައި ސަރުކާރަށް މިހާތަނަށް އެދެވޭ ކާމިޔާބެއް ލިބޭގޮތްވަނީ ނުވެފައެވެ.
އެހެންނަމަވެސް މަނީލޯންޑަރިންގެ ކުށް ސާބިތުގެ ކުރީގެ ރައީސް ޔާމީން މިވަގުތު ހުންނެވީ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު