ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކުލަބު ބައިވެރިނުކުރުމަށް އެފްއޭއެމުން ނިއްމައިފިއެެވެ.

މިކަމާ ގުޅިގެން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅައި އެފް.އޭ.އެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އެކުލަބަށް އަންގާފައިވާ ކަމަށެވެ. އަދި މިއީ ސަރަހައްދީ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، އޭއެފްސީން ނިންމާފައިވާ ނިންމުމެއްކަން އެފްއޭއެމުން އެކުލަބަށް އަންގާފައިވާ ކަމަށްވެސް ރޭޑިއަންޓުން ބުނެފައިވެއެވެ.

ބައެއް މީޑިޔާ ތަަކަށް މައުލޫމާތު ދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެފައިވަނީ ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމީ ނޫން ކަމަށެވެެ. މިއީ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައިވުމުން، އޭއެފްސީން ރޭޑިއަންޓަށް ފުރުސަތު ދިނުން މަޑުޖައްސާލަން އެންގުމުން، އޭއެފްސީގެ އެ އެންގުން ރޭޑިއަންޓާއި ހިއްސާ ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީ ބައިގައި އެފްއޭއެމުން މިކަން ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ހިއްސާކުރީ، އެކުލަބުން ތިންވަނަ ޑިވިޝަނުގައި ކުޅެން ބޮޑެތި މަސައްކަތްތަކެއް ކޮށް، ގިނަ ހަރަދުތަކެއް ކުރަމުންދާތީ، މި ނިންމުން އޭއެފްސީން ނިންމިކަން ކުލަބަށް ނޭނގި އޮވެގެން އެކުލަބަށް ވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށް ޖަވާ ވިދާޅުވިއެވެެ.

ރޭޑިއަންޓްއަކީ ނިއުރޭޑިއަންޓް ކަމަށް އެފްއޭއެމުން ނިއްމައިފައިވާއިރު އެ ކްލަބު އޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށް އެކަމުގެ ލިޔުން ވެސް އެ ކްލަބާ ހަވާލުކޮށްފައެވެެ. ރޭޑިއަންޓުން މިހާރު ވަނީ އެކުލަބުގެ ޓީމް ވެސް އެކުލަވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ލޮލް

21-Apr-2022

ބައްސާމް އިސްތިއުފާ



ޓްރެންޑިން