މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ފުލުހުންގެ ފަރާތުން އެމްޑީޕީގެ މެމްބަރުންނަށް އިންތިހާއަށް އަނިޔާ ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ނާއިންސާފަށް އިންސާފު ނުލިބޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ރައްކާތެރިކަން ހޯދަން ގުޅަންޖެހޭ ފުލުހުން އައިސް ތިބެނީ ތަޅަން ކަމަށާއި، ދެން އިތުރަށް ގުޅަންޖެހޭ ފުލުހެއް ނެތް ކަމަށެވެ.

"ފުލުހުންގެ ފަރާތުން އަޅުގަނޑުމެންގެ މި ފިކުރަށް ނިސްބަތްވާ މެމްބަރުންނަށް އަނިޔާ ލިބިފައިވަނީ އިންތިހާއަށް. މިއީ މިކަމާ ދެކޮޅުހެދެން އޮތް ކަމެއް ނޫން. ފުރަތަމަ ކަމަކީ މި ޙަޤީޤަތް ޤަބޫލުކޮށްގެން ކުރިއަށް ދިއުން. އަދިވެސް ފުލުހުންގެ ފަރާތުން ލިބުނު ނާއިންސާފުތަކަށް، އަނިޔާތަކަށް އިންސާފެއް ނުލިބޭ."

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝިދަށް ފުލުހުން އަނިޔާކުރި މައްސަލަވެސް ބެލިފައި ނުވާ ކަމަށާއި، އިބްރާހިމް ރަޝީދަށް ފުލުހުންކުރި އަނިޔާއަށްފަހު އޭނާ ދިރިދުނިޔޭގައި ހުރީ ﷲގެ ރަޙުމަތްފުޅުން ކަމަށް އިންތި ވިދާޅުވިއެވެ. އަދި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާގެ ޙަޤީޤަތްތައް ހުރީ ފެންނަން ކަމަށާއި، އެވަރުގެ ބައެއްގެ އަތަށް ޓޭޒަރ ގަން ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން ދެންނެވީމަ ބަޔަކަށް ހީވެދާނެ ކަންތައް ބޮޑުކޮށްގެން ދައްކަނީއޭ. މީ ފެންނަންހުރި ޙަޤީޤަތްތައް. ގޭގައި ތިއްބަވާ މިކަން ތަޖުރިބާ ނުކުރާ ބޭބޭފުޅުންނަށް ހީވެދާނެ އެގޮތަށް. މީ ޙަޤީޤަތްތައް. ވީޑިއޯތައް އެހުރީ ފެންނަން." އިންތި ވިދާޅުވިއެވެ.

ފުލުހުންގެ ތަސައްވަރު ބަދަލުކުރަން ޖެހޭ ކަމަށާއި، ސަރުކާރުން ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ބިލެއް ހުށައެޅީވެސް ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ކަމަށް އިންތި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އެދުރު

10-Jun-2020

ކަލޭމެންގެ ފަރާތުން މިގައުމަށް ލިބުނު ގެއްލުންތައް ކޮބާ.



ޓްރެންޑިން