އެމްޑީޕީގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ނުދެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެމްބަރުންނާއި ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނަސް މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ ދައުރު ދަންމާލާފައިވާ ކަމަށެވެ. އަދި މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު މި މަހުގެ ތިންވަނަ ދުވަހު ހަމަވި ނަމަވެސް އާ ކައުންސިލްތައް އިންތިހާބު ވަންދެން އެއްވެސް ކައުންސިލަރަކު އިސްތިއުފާ ނުދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑު އެދެނީ މިއީ ގައުމީ ކަމެއްކަމުގައި ބަލައިގެން އަދި ޕާޓީއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބަލައިގެން ކައުންސިލަރުން މަގާމުން އިސްތިއުފާނުދެއްވާ މަގާމުގައި ދެމި ތިއްބެވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިހާރު ތިބި ކައުންސިލަރުންގެ ތެރޭގައި ބައެއް ކައުންސިލަރުންނަކީ އަންނަ ދައުރަށް ކުރިމަތިނުލާ ކައުންސިލަރުން ކަމަށާއި އެހެންކަމުން ބައެއް ރަށްރަށުގެ ކައުންސިލަރުން މަގާމުން އިސްތިއުފާ ދެއްވަމުން އަންނަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އިންތިގާލީ މަރުހަލާގައި ކުރާ މަސައްކަތްތަކަކީ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައި ކޮށްދެއްވުމަށް އެމްޑީޕީގެ ކައުންސިލަރުންގެ އަރިހުން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިޚާބު ބޭއްވިފައި ނުވާތީ، ޤާނޫނު އަސާސީ އިސްލާޙުކޮށް ކައުންސިލްތަކުގެ ދައުރު ވަނީ ދެން އޮންނަ ކައުންސިލް އިންތިޚާބަކާ ހަމައަށް ދަންމާލާފައެވެ.
އަދި ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާއެއް އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކަޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު