ޅ. އަތޮޅު ހޮސްޕިޓަލްގައި މަރުވި މީހަކަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޅ. ނައިފަރު، ހަވީރީ ހިޔާ އިހުސާން އަލީ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އޭނާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ އިހުސާން މަރުވި ދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލާ ހޮސްޕިޓަލްގެ އިހުމާލެއް ވޭތޯ ބެލުމުގެ ގޮތުން ފުރިހަމަ އިންކުއަރީއެއް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންކަމުގައި އަމަލު ކުރާނެ ވަކި ގޮތެއް ބަލާ އިހުމާލު ވެފައިވާނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށައަޅާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިހުސާންގެ އާއިލާއިން ބައެެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބަނދަރުމަތީ ހުއްޓާ އިހުސާނަށް ހާޓް އެޓޭކެއް ޖެހުމުން އެމްބިއުލާންސަށް ގުޅިއިރު ޑްރައިވަރު އޮތީ ނިދާފައި ކަމަށެވެ. އެހެން ކަމުން އިހުސާން ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށް އާއިލާ އިން ބުންޏެވެެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ސްޓްރެޗާއެއް ނުލިބި 10 ވަރަކަށް މިނެޓް ހޭދަވުމުން ފަރުވާއަށް ގެންދިޔައީ އުފުއްލާލައިގެން ކަމަށް އާއިލާ އިން ބުނެފައިވެއެވެ. މީގެ އިތުރުން އިހުސާނަށް ފަރުވާ ދިނުމަށް އައި ނަރުހާއި ޑޮކްޓަރުގެ އިހުމާލު ތަކެއްވެސް ހުރި ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އިހުސާން އާއިލާއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް މެޑިކަލް ކައުންސިލަށް މިހާރު ހުށައަޅާފައެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން