ބޮޑެތި އިނާމުތަކާއެކު "ދޮވެ ހިއްކާ" ޕްރޮމޯ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ފެށި މި ޕްރޮމޯޝަނަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކާއެކު 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ކަމަށާ ޕަރސިލް ބެރޭންޑްގެ ޑިޓަރޖެންޓް ތިން ފުޅި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން، ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ -/1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށާ، ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ލިބޭއިރު، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވަރ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ވެސް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން