މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުންފުޅުކުރެއްވި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ދައްކަވަން އެންގެވި ފައިސާ އެމަނިކުފާނު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކުރެއްވި އަމިއްލަފުޅު ދަތުރުފުޅެއްގައި، ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވި މައްސަލައެއްގައި އެ ޚަރަދަށް ވާ 444 ރުފިޔާ އެމަނިކުފާނުގެ އަތްޕުޅުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީން މިދިޔަ ފެބުރުއަރީ މަހު އަންގައިފައިވާ ކަމަށެވެ. އަދި އެފައިސާ މިހާރު މަޖިލީހުގެ އިދާރާއަށް ދައްކަވައި ޚަލާސްކުރައްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ އެ މައުލޫމާތު އޭސީސީން ހޯދުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ އަތްޕުޅުން ހޯދުމަށް އޭސީސީން އެދުނު ފައިސާ އަކީ ގއ. ވިލިނގިލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫން މާލެއަށް ވަޑައިގަތުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރުފުޅު ކުރެއްވުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކުރައްވާފައިވާ 444 ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން