މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނަބީލުވަނީ އަމިއްލައަށް ބަރަހަނާވެ ނަގާފައިވާ ވީޑިއޯ މީސް މީޑިއާގައި ޢާއްމުކޮށްފައެވެ. ނަމަވެސް އެމައްސަލާގައި ފުލުހުން އޭނާ ހައްޔަރުކުރުމުން އޭނާ ވަނީ ވީޑިއޯތައް ޢާއްމުކުރިކަމަށް އިންކާރުކޮށްފައެވެ.
އެ މައްސަލާގައި ނަބީލަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު މެންދުރު 1:30 އަށް ކްރިމިނަލް ކޯޓުގައިވަނީ ތާވަލުކޮށްފައެވެ.
މިވަގުތު ފުލުހުންގެ ބަންދުގައިހުރި ނަބީލްގެ ބަންދު އަމުރުގައި ވާގޮތުން އޭނާ ބަންދު ކޮށްފައިވަނީ މީސް މީޑިއާގައި އިސްލާމްދީނާއި ހިލާފް ކޮންޓެންޓް ޕޯސްޓު ކުރުމުންނެވެ. އަދި އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސައިބަރ ކްރައިމް ރިޕޯޓާއި، ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ފޫޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު