ގައުމުތައް ކުރިއަރާ ތަހުޒީބު ވެފައިވަނީ ތައުލީމަށް އިސްކަންދީގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ބެންގަލޫރުގައި ކުރިއަށްދާ އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް(އެސެސް)ގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ދެވޭ ތައުލީމަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ގުޅުންހުރި ތަޢުލީމަކަށް ހެދުން ވަރަށް މުހިއްމު ކަމަށެވެ. އަދި 21 ވަނަ ގަރުނުގެ ހުނަރުތަކަށް ސަމާލުކަން ދިނުމާއި ބަނަވަމުންދާ ދުނިޔޭގައި އެހުނަރުތައް ތަރައްގީކުރުން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަމިޓުގައި މިނިސްޓަރ ވަނީ ސަރުކާރުން އަތޮޅުތެރެއަށް ޓިވެޓް ފެތުރުމަށް ރާވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭހެ ތެރެއިން ޚާއްސަ ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް އައި ބަދަލުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް(އެސެސް) ކުރިއަށްދާނީ މިމަހުގެ 19 އިން 21 އަށެވެ.

Minister Dr Ibrahim Hassan & Director General of @MNSDAmv Ms Shakeeba Ali is attending the Asian Summit on Education & Skills in Bengaluru. Minister spoke at the opening session this morning on the Vision for Future Fit Education. pic.twitter.com/amo1I9EFMN
— Ministry of Higher Education (@MoHEmv) September 20, 2022
މި ސަމިޓުގައި މިނިސްޓަރ ވަނީ ސަރުކާރުން އަތޮޅުތެރެއަށް ޓިވެޓް ފެތުރުމަށް ރާވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭހެ ތެރެއިން ޚާއްސަ ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް އައި ބަދަލުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް(އެސެސް) ކުރިއަށްދާނީ މިމަހުގެ 19 އިން 21 އަށެވެ.
ކިޔުންތެރިންގެ ހިޔާލު