10 ޓަނު މަހާއެކު ގާފަރު ހުދަންބަރު-12 ދޯނި ފަރަށް އުރިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މަސްވެރިކަން ކުރަމުންދިޔަ ކ.ގާފަރު، ހުދަންބަރު-12 ނަމަކަށް ކިޔާ ދޯނި ފ.ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް އުރިފައިވާ ކަމަށެވެ.
މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ދޯނި ފަރަށް އެރިއިރު، 10 ޓަނުގެ މަސް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު