އއ. ތޮއްޑޫގައި އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެނެއްގެ ރައްކާތެރިކަމުގެ އަމުރެއް ނެރެ، އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް އަމުރެއް ނެރެފައިވާކަމަށެވެ. ނަމަވެސް އެ އަމުރަށް އިންކާރުކޮށް، އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 2:00 ޖަހާއެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން 37 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ބުނީ އެ ގެއަށް ރޭ ފުލުހުން ދިއުމުން ފިރިހެން މީހާ ވަނީ ފުލުހުންނަށް ހަމަލާދީ، މާރާމާރީ ހިންގައި އިންޒާރުދީފައިކަމަށެވެ. އަދި މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާކަމަށްވެސް ފުލުހުން މީޑިއާތަކުގައި ބުނެފައިވެެެއެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން