ހުޅުމާލޭ މަގުމަތީގައި ހުރި ލެއަކީ ވަޅިއަކުން މީހެއްގެ ފައިގައި އެޅިގެން ފޭބިލޭ ކަމަށް ފުލުހުން ބުނެފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވުންދާ ވީޑިއޯއަކުން ފެންނަނީ ހުޅުމާލޭ މަގުމަތީގައި ޕާކްކޮށްފައިއޮތް ޓެކްސީއެއްގެ ކައިރީގައި ގިނަ ޢަދަދެއްގެ ލޭ ހުއްޓައެވެ. އަދި ކާރުގެ ދޮރުގައިވެސް ލޭ ހުރިތަން ފެނެެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ޕާކުކޮށްފައި އޮތް ކާރެއްގެ ކައިރީ ބިންމަތީގައި ހުރި ލެއަކީ ބާޒާރުކޮށްގެން ދިޔަމީހަކު އެކާރުގައި ގެއަށް އައިސް ކާރުން ފޭބި ވަގުތު ކޮތަޅުގައި އޮތް ވަޅިއެއް ފައިގައި އެޅިގެން ކަނޑައިގެން ދިޔުމުގެ ސަބަބުން ފޭބި ލޭ ކަމަށެވެ.

އަދި އެމީހާ ވަނީ ހޮސްޕިޓަލަށް ގޮސް ފައިގައި ބޭސް އަޅާފައި ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން