ހދ.ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހދ. ހަނިމާދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްެއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުއެވެ.

އެ މަޢުލޫމާތު ލިބުމާއެކު ސިފައިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި، ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން އެއްގަމަށް އަރުވާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން