ކްލާސްރޫމް ތެރޭގައި ކުދިން ނާސްތާ ކުރިއަށް ގެންދަނީ؛ ނިއު ނޯމަލްގައި ފަށާއިރު ނާސްތާއެއް ނުދޭނެ
ކްލާސްރޫމް ތެރޭގައި ކުދިން ނާސްތާ ކުރިއަށް ގެންދަނީ؛ ނިއު ނޯމަލްގައި ފަށާއިރު ނާސްތާއެއް ނުދޭނެ
ސްކޫލްތަކުގެ ބެޖަކީ ތަޢުލީމީ ވުޒާރާގެ ފިކުރީ މުދަލެއް ކަމަށާއި، ފޭސްމާސްކް ފަދަ ތަކެތީގައި ހުއްދަ ނެތި ސްކޫލް ތަކުގެ ބެޖު ބޭނުން ނުކުރުމަށް ތަޢުލީމާބެހޭ ވުޒާރާއިން އަންގަވައިފިއެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދާކަމަށާއި، ސްކޫލު ޔުނިފޯމުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށެވެ.

"ވަކިން ޚާއްސަކޮށް ކޯވިޑް-19 ގެ ޙާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ސްކޫލަށް ހާޝިރުވާއިރު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުން އަންނަކަން ވެސް ވަނީ ފާހަގަކުރެވިފައި." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ދަރިވަރުން ސްކޫލަށް ދާއިރު އެއްވެސް ލޯގޯ އެއް ޖެހި މާސްކު ނޭޅުމަށް ބައެއް ސްކޫލުތަކުން މިހާރު ވަނީ އަންގާފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެންނެވެ. އަދި ދަރިވަރުން މާސްކު އަޅާއިރު އެ މާސްކަކީ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެ ވައްތަރެއްގެ މާސްކު ބޭނުންކުރުމަށް އިރުޝާދު ދެއްވާފައެވެ. އެއީ ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން