ރާއްޖޭގެ ފަތުރުވެެރިކަން ކުރިއަރަނީ ފަތުރުވެރިކަމާގުޅޭ ބޮޑެތި ކަންކަން ރާވާ ހިންގުމުގައި، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ސިޔާސަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާތީ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވި "މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ ރާއްޖެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ބައިވެރިވެގެން ކުރެވޭ މަސައްކަތުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމާގުޅޭ ބޮޑެތި ކަންކަން ރާވާ ހިންގުމުގައި، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ސިޔާސަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާތީ ކަން ޑރ. މައުސޫމް ފާހަަގަކުރެެއްވިއެވެ.

މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ މިހާރު އެންމެ ގިނަ ބަޔަކު ދައްކާ އެއް ވާހަކައަކީ ރައީސް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމެވި ނިންމެވުމުގެ ވާހަކަ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް ޝުކުރު އަދާކުރަށްވާފައެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ދަތުރުކުރާ މިސްރާބުން، އެ ދާއިރާގެ މަންފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެކަމަށެވެ.

"ރަށްރަށުގެ ގުދުރަތީ ތަރިކައާއި ތާރިޚާ ސަގާފަތުގެ ތަރިކަ ރައްކާތެރި ކުރެވި އާމްދަނީއަށް މަގުފަހިވާނެ، ރަށްރަށުގައި އާއިލާ އާއެކު ދިރިއުޅެމުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވޭނެ. އަދު ކުރާހިތްވާ މަސައްކަތުގެ ދާއިރާ އިން ވަޒީފާ ލިބޭނެ. ފަތުރުވެރިކަމުން ފަންނުވެރިންނާއި ފަންނާނުންނަށް މަސްވެރިންނާއި ދަނޑުވެރިންނާއި ރާވެރިންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވާނެ. ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ދެމެހެއްޓެނިވި ގޮތަކަށް ގެންގޮސްދެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން