މުހައްމަދު ރަޔަން މަކްރަމް
މުހައްމަދު ރަޔަން މަކްރަމް
މުހައްމަދު ރަޔަން މަކްރަމް، އާންމު ނަމުންނަމަ ރަޔަން އަކީ ބޮޑުވެގެން ލިޔުންތެރިއަކަށްވުމުގެ އުއްމީދުގައި، އެހުވަފެންތަކުގައި ކުލަ ޖައްސަމުން އަންނަ ދަރިވަރެކެވެ.

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 6 ގައި ކިޔަވަމުންދާ ރަޔަން ބުނީ މިހާރުވެސް ވާހަކަ ލިޔާ ކަމަށާއި، ލިޔުންތެރިކަން ކުރިއަރުވަން ވަރަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ރަޔަން ދަނީ އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން މިއަހަރު ހިންގަމުންދާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގައިވެސް ބައިވެރިވަމުންނެވެ.

ރަސް އޮންލައިން އާއި ވާހަކަ ދައްކަމުން ރަޔަން ބުނީ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގެ އެހީގައި، އިނގިރޭސި ބަސް މުއްސަނދިކޮއްލަން ބާރު އަޅާ ކަމަށާއި، އަދި ލިޔުންތެރިކަމުގެ އެކި އުކުޅުތަކާއި ހުނަރުތައް ދަސްވާކަމަށެވެ. އެގޮތުން އެކިކަހަލަ މަޒުމޫނާއި، އާޓިކްލް، އަދި ޅެން ހަދަންވެސް މިޕްރޮގްރާމުން ދަސްކޮށްދޭކަމަށް ރަޔަން ބުންޏެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް އިނގިރޭސި ބަހުން ކިޔުމާއި، ވާހަކަ ދެއްކުމާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ކޮންމެ ކުއްޖަކުވެސް މިޕްރޮގްރާމްގައި ބައިވެރިވުމަކީ މުހިންމުކަމެއްކަމަ ރަޔަން ފާހަގަކުރިއެވެ.

ކްރިއޭޓިވް އިންގްލިޝްގެ އިތުރުން، މިދިޔަ އަހަރު ރަޔަން ވަނީ ދަ ސަރކަލް އިން ކޯޑިންގ ޕްރޮގްރާމުގައިވެސް ބައިވެރިވެފައެވެ.

ރަޔަން ބުނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ އާކަންކަން ދަސްކޮށްލުމަކީ ކޮންމެ ކުއްޖަކަށްވެސް ފައިދާކުރާނެކަމެއްކަމަށެވެ. އެގޮތުން، ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދާތީ އުގައިލު ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަރަށްވެސް ފަސޭހަކަމަށް ރަޔަން ބުންޏެވެ. އަދި ކްލާހުގައި ކިޔަވައިދޭ އެއްޗެހި ފަސޭހައިން ނަގައިގަނެވޭކަމަށާއި، މަސައްކަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ލިބިގެންދާކަމަށް ރަޔަން ފާހަގަކުރިއެވެ.

މީގެއިތުރުން ސްކޫލްގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންވެސް ދަ ސަރކަލްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް މާބޮޑު ގޮންޖެހުމެއް ކުރިމަތި ނުވާކަމަށް ރަޔަން ބުންޏެވެ. އެގޮތުން ކިއެވުމާއި އެހެން ކަންކަމަށް ހުރަސް ނޭޅޭގޮތަށް ވަގުތު ބަހާލައިގެން ކުރިއަށް ދެވޭކަމަށް ރަޔަން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު


2

ބްރައިޓްވޭ ޕޭރެންޓެއް

08-Oct-2022

30 ކުދިން ލައިގެން ބްރައިޓްވޭއަކީ ޕޭކުރަން ބޭނުންވާ މީހުންނަށް ޕޭރެންޓުންނަށް ގަވަރންމެންޓެކޭ ތަފާތެއް ނެތި އެޔަށް ވުރެވެސް ކަޑަކޮށް ދާ ސްކޫލޭއް. ކުދިން މޮޅުވަނީ ޕޭރެންޓުން މިހެން ފޮނުވާ ކްލާސްތަކުން



ޓްރެންޑިން