ބައިނަލްއަގުވާމީ މީޑިއާ ޗެނަލް، ބީބީސީން ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ބްރޯޑްކާސްޓް ނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިފަދަ ނިންމުމެއް ބީބީސީއިން ނިންމާފައިވަނީ ޤަތަރުގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އަމަލުކުރާ ގޮތަށް ފާޑުކިޔުމުގެ ގޮތުންނާއި، ގަތަރުގައި އެއްޖިންސުން ގުޅުން ހިންގުން މަނާކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ބްރޯޑްކާސްޓް ނުކުރުމުގެ އިތުރު ސަބަބެއްގެ ގޮތުގައި ފީފާގައި ހިނގާ ކޮރަޕްޝަނު ހިމެނޭކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

"މިއީ ތާރީހުގައި ވެސް އެންމެ ގިނަބަޔަކުގެ ޚިޔާލުތަފާތުވުން ބޮޑު ވޯލްޑް ކަޕް،" ބީބީސީ ވަން އިން ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ ފެށުމުން ބެލުންތެރިންނަށް މަރުހަބާ ކިޔައި މެޗު އޮފް ދަ ޑޭގެ ހޯސްޓް ގޭރީ ލައިނެކަރ ބުންޏެވެ.

"2010 ވަނަ އަހަރު ފީފާއިން ގަތަރު ހޮވި ފަހުން ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން ހޯސްޓްކުރި އެންމެ ކުޑަ ގައުމަށް ބޮޑެތި ސުވާލުތަކެއް ކުރިމަތިވެފައިވޭ. ބިޑް ކުރުމުގެ މަރުހަލާގައި ކޮރަޕްޝަންގެ ތުހުމަތުތަކުން ފެށިގެން ގިނަ ބަޔަކު މަރުވި ދަނޑުތައް ބިނާކުރި ބިދޭސީ މަސައްކަތްތެރިންނާ މެދު ކަންތައް ކުރި ގޮތާ ހަމައަށް. އެއްޖިންސުން ގުޅުން ހިންގުމަކީ މިތަނުގައި ގާނޫނާ ހިލާފު ކަމެއް... އަދި، މީގެ ހަ އަހަރު ކުރިން ވޯލްޑް ކަޕް ހޫނު މޫސުމުން ފިނި މޫސުމަށް ބަދަލު ކުރަން ނިންމި ނިންމުންވެސް ސުވާލު އުފެދޭ." ގޭރީ ލައިނެކަރ ބުންޏެވެ.

ނަމަވެސް ބީބީސީން ވަނީ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ކަވަރޭޖް ނުކުރި ސީދާ ސަބަބު ހާމަކުރަން ދެކޮޅު ހަދާފަ އެވެ. އަދި އެރަސްމިއްޔާތު ބްރޯޑްކާސްޓު ކުރުމާ ދެކޮޅު ހެދުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ބީބީސީއަށް ފާޑިކިޔަމުންނެވެ.

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ބަޔަކު ބަލާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިސްލާމީ ގައުމެއްކަމަށްވާ ގަތަރުގައި ފެށީ ކުލަގަދަ ރަސްމިއްޔާތަކުންނެވެ. މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. އަދި މިއީ މެދުއިރުމަތީގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އަލްބައިތު ސްޓޭޑިއަމްގައެވެ. މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ އާއި ފީފާގެ ރައީސް އިންފަންޓީނިއޯ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު ބައެއް ފަންނާނުންގެ ހުށަހެޅުންތަކާއި ބަޑިބޭހުގެ ހަރަކާތްތައްވެސް ފެށިގެންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން