އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން 1.1 މިލިއަން ރުފިޔާ ދޭން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله މަޤާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް އޭނާ ހުރި ވަޒީފާއަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ އެ ވަޒީފާ އިއާދަކުރެވެން ނެތުމުން، އޭނާއަށް ބަދަލުގެ ގޮތުގައި 1187766 ރުފިޔާ ދިނުމަށް އޮތީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ހުކުމްކޮށްފައެވެ.


3 ދުވަސް ތެރޭގައި މުސްއަބަށް ފައިސާ ދޭން ސީއެސްސީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރީ ހައި ކޯޓުގެ ހުކުމަށް ސީއެސްސީން ތަބާވެފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް މުސްއަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.

ސިވިލް ކޯޓުގެ އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރަން ލަސްކުރަން މަތީ ކޯޓަކުން އަމުރު ނުކުރާހާ ހިނދަކު އެ ހުކުމަށް ތަބާވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މުސްއަބަށް ލިބެންޖެހޭ 1.1 މިލިއަން ރުފިޔާ ސިވިލް ކޯޓާ ހަވާލުކުރުމަށް ސީއެސްސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަންކުރެއްވި މުސްއަބު އެ މަޤާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު