އަންނަ ހަފްތާއަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިމަސައްކަތުގެ 96 އިންސައްތަ މަގުތައް އެއްކޮށް މިހާރު ނިމިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ބުނީ އެންމެ ފަހުގެ މަރުޙަލާގެ މަސައްކަތްތަކުގެ ތެރެއިން ބައެއް މަގުތަކުގައި ބައްތި އަދި ޕޭވްމަންޓްގައި ގައު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ 17 ކިލޯ މީޓަރުގެ މަގުތައް ތަރައްޤީކޮށްފައެވެ. އެއީ މީހުން އަބާދުވުމުގެ ކުރިން ތަރައްޤީކޮށްފައިވާ އެފިޔަވަހީގެ މައި މަގުތަކެވެ. މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ އަލަށް ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭ ސަރަޙައްދުގެ މަގުތައް ތަރައްޤީކޮށްފައެވެ. މީގެތެރޭގައި ހިޔާ ފްކެޓްތައް އަދި ސަރުކާރު ކުންފުނިތަކުގެ ފްލެޓުތައް ތަރައްޤީކޮށްފައިވާ ސަރަޙައްދު ހިމެނެއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދަނީ އިތުރު މަޝްރޫޢުތަކާއެކު އަލަށް ތަރައްޤީކުރަންޖެހޭ މަގުތައްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ޚިލާފަށް ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ކުރިއަށްގެން ދިޔައީ މަގު ހެދުމުގެ މަޝްރޫޢެވެ. އިތުރު އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ދެވަނަ ފިޔަވަހީގައި ފެށީ ތަރައްޤީކުރަން ޕްލޭންކޮށްފައިވާ ހުރިހާ މައި މަގުތަކުގެ މަސައްކަތްތައް ނިންމުމަށްފަހުފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން