އަމީނިއްޔާ ސްކޫލް؛ މި ސްކޫލަކީ ރާއްޖެއިން ސާނަވީ އިމްތިހާނު ތަކުގައި ރާއްޖެއިން އެންމެ ގިނަ ކުދިން ބައިވެރިކުރާ އެއް ސްކޫލް (ރަސް ފޮޓޯ)
އަމީނިއްޔާ ސްކޫލް؛ މި ސްކޫލަކީ ރާއްޖެއިން ސާނަވީ އިމްތިހާނު ތަކުގައި ރާއްޖެއިން އެންމެ ގިނަ ކުދިން ބައިވެރިކުރާ އެއް ސްކޫލް (ރަސް ފޮޓޯ)
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ސެޓްފިކެޓްތައް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ ނޮވެމްބަރުގައި އޯލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ލިބިފައިވަނީ މިއަދު ކަމަށެވެ.

އަދި މިހާރު އެސްއެސްސީ އިމްތިޙާންގެ ސެޓްފިކެޓްތަކާއި އޯލެވެލް ސެޓްފިކެޓްތަކާއެކު އެ ފޮނުވަންޖެހޭ ސެންޓަރުތައް ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މާދަމާ އެރަށެއްގައި އެކުލަވާލާފައިވާ ޓާސްކް ފޯސްއާ ގުޅިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ރާއްޖެ ގެނެސްފައިވާއިރު އޭލެވެލް ސެޓްފިކެޓްތައްވެސް މިހާރު ވަނީ ސެންޓަރުތަކަށް ފޮނުވަން ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، މި އިމްތިހާންތަކުގެ ސެޓްފިކެޓްތަކަކީ ޔުނިވަރސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއްކަމަށާއި ސެޓްފިކެޓްތައް ޕްރިންޓް ކުރަނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުންކަމަށެވެ. އަދި ރާއްޖެއަށް ސެޓްފިކެޓްތައް ލަހުން ލިބިފައިވަނީ ޔުނިވަރސިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް ނިންމާ ފޮނުވުމާ ހަމައަށް އައިއިރު ކޯވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެނިހެން ޤައުމުތައް ފުރަބަންދުވެ ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް އައުމުގެ ސަބަބުންކަމަށެވެ.

އަދި ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށްވެސް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.

https://twitter.com/MoEdumv/status/1275001978825785344?s=20


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން