ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ލޯން ފެސިލިޓީން މިހާތަނަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 ގެ މި ހާލަތުގައި ވެސް ބޮޑު ކަންނެލި ގަނެ، އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ ކޭޝް ފްލޯ ރަނގަޅުކޮށް، މަސްވެރިންގެ އަތުން މަސް ގަތުން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތް ހެދުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ސަރުކާރުން ވަނީ ތައާރަފްކޮށްފަ އެވެ. އެ ސްކީމްގެ ދަށުން ލޯން ދޫކުރަނީ ފާއިތުވި ހަ މަސް ދުވަހު މަސް ގަނެ، އެކްސްޕޯޓް ކޮށްފައިވާ ކުންފުނިތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިދިއަ އޭޕްރީލް މަހު 408،091 ކިލޯ އަދި މޭ މަހު 236،763 ކިލޯއާ އެކު މިދިއަ ދެ މަސް ދުވަހު ޖުމްލަ 644،854 ކިލޯގެ މަސް ދިވެހި ކުންފުނިތަކުން ބޭރުކޮށްފައިވާ ކަަމަށާއި، ސަރުކާރުން އިޢުލާނު ކޮށްފައިވާ ލޯން ސްކީމްގެ ދަށުން އަށް ކުންފުންޏަކަށް 51 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

މިދިޔަ ދެ މަސް ދުވަހަކީ އެހެން އެއްވެސް އާމްދަނީއެއް ރާއްޖެއަށް ނުލިބޭ ދެ މަސް ދުވަސްކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓްކުރާއިރު ފައިސާ އަނބުރާ ލިބެން 90 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ، މަސް ކުންފުނިތަކަށް ދޫނުކޮށް ބާކީ އޮތް 49 މިލިއަން ރުފިޔާ ވެސް އެހެން ކަމަކަށް ބޭނުން ނުކޮށް އެ ޕްރޮގްރާމަށް ހޭދަކުރައްވާނެ ކަމަށް ޔަޤީން ކުރަށްވާ ކަމަށް ވިދާޅުވެ، ސަރުކާރުން މަޖިލީހުން އެރުވި ލަފާތަކަށް ޢަމަލުކުރާ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން