އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް
އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ތަރައްޤީގެ ސްޕީޑް ލަސްކަމަށް ބުނެ ފާޑު ކިޔަމުންދާ ފަރާތްތަކަށް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ މައި ކުންފުނި އެމްޓީސީސީން ހިސާބު ނަންބަރުން ވަރުގަދަ ރައްދެއްދީފިއެވެ. ދިވެހި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުތަކުގެ ތެރެއިން، ޤައުމުގެ ޢުމްރާނީ ތަރައްޤީއާއި، ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ދަތުރުފަތުރާއި ގުޅުންހުރި މައިގަނޑު އެންމެހައި މަޝްރޫއުތަށް ފުރިހަމަ ކުރުމަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ފަރާތަކީ އެމްޓީސީސީއެވެ.

އެ ކުންފުނިން ބުނީ ކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ، ރައީސުލްޖުހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ މަޝްވަރާއާއި އެކު، ކުންފުންޏާއި ހަވާލުކުރެވޭ އެންމެހައި މަޝްރޫއުތައް ވަގުތުން ވަގުތަށް ނިންމައި، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމަށް 1980 ވަނަ އަހަރުން ފެށިގެން ހަލުވި ސްޕީޑްގައި ޙަރަކާތްތެރިވަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، 2017 ވަނަ އަހަރު، މަހާޖައްރާފު ކުންފުނީގެ ޑްރެޖިންގް ފްލީޓްގައި ހިމެނުމުގެ ކުރީގައިވެސް އެކުންފުންޏަކީ، ބިންހިއްކުމުގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރ ކަމަށާއި، އަދި ތަފާތު ސަރަހައްދުތަކުގައި އެއްފަހަރާ އެކި ދާއިރާތަކުގެ މަޝްރޫޢުތައް ހިންގުމުގެ ޤާބިލްކަން އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ.

އެ ކުންފުނިން މިވަގުތުވެސް ރާއްޖޭގެ އުތުރުން ދެކުނަށް ޢަމަލީ ގޮތުން 43 މަޝްރޫޢެއް ހިންގަމުން ގެންދާ ކަމަށާއި، އޭގެ ތެރޭގައި ބިން ހިއްކުމާއި، ރަށްރަށުގެ ހޮސްޕިޓަލްތައް ޢިމާރާތްކުރުމާއި، އެއަރޕޯޓް ތަކުގެ މަޝްރޫޢުތަކުގެ އިތުރުން، ބަނދަރުތަކާއި، މަގު ހެދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.



މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް

މާލެއަތޮޅު މާފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައި ވާއިރު އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަދި އަލަށް ހިއްކި ބަޔާއި މާފުއްޓާ ގުޅުވާލާނީ ކޯޒްވޭއަކުންނެވެ.

މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. މިވަގުތު ކުރިއަށްދަނީ، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެވެ.

މި ޕްރޮޖެކްޓަށް 99.98 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކޮށްފައިވާއިރު، މާފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް، 27ގަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުގެ މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަ ކަމުގައި ވީ ނަމަވެސް، އެމްޓީސީސީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދު ތަކާއި، ރާއްޖޭގެ ރަށްރަށަށް ރަށްވެހި ތަހުޒީބު ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތްތައް މަޑު ޖައްސާލާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެކުންފުނީގެ އަޒުމެއް ކަމުގައި އަބަދުވެސް ވެފައިވަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފިކުރާއި، ވިސްނުމާއި އެއްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ހިދުމަތްތައް ވީ އެންމެ ފުރިހަމަ ކަމާއި އެކީގައި ފޯރުކޮށްދިނުން ކަމަށާއި، މިގޮތުން، ކުންފުނީގެ މައިގަނޑު ވިޔަފާރި ތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ތަރައްޤީގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް އެކި ރަށްރަށުގެ ބަނދަރުތައް ހެދުމާ، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތާއި އެއަރޕޯޓް ތަރައްޤީކުރުމާއި މީގެ އިތުރުންވެސް ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ އެތަކެއް މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުން ދާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީ އަކީ ދިވެހިރައްޔިތުންގެ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަށާއި، ރައީސް ޞާލިޙްގެ މި ދައުރުގައި ފާއިތުވެގެން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް 85 މަޝްރޫޢެއްގެ މަސައްކަތް އެކި ފިޔަވަހިތަކުގައި ހިންގަމުން ގެންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ރައީސް ޞާލިޙްގެ ވެރިކަން ފެށުނުއިރު، އެ ކުންފުންޏަށް އޭގެ ކުރީގެ ސަރުކާރުތަކުން ނުނިމި ހުރި މަޝްރޫޢުތަކުން ޙަވާލު ވެފައިވަނީ އެންމެ ޕްރޮޖެކްޓެއް ކަމަށާއި، އެކުންފުނިން މިހާރު ޢަމަލީ މަސައްކަތް ކުރިއަށް ގެންދާ 43 މަޝްރޫޢަކީ ރައީސް ޞާލިޙްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްޤީކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.



ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓްގެ 83 ޕަސެންޓް މަސައްކަތް ވަނީ ނިންމާފައެވެ. އެއަރޕޯޓްގައި މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްތަކެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެ އެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. 67 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމާލައިފައިވާ އިރު 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި އަހަރުގެ މާޗް މަހު ވަނީ ނިންމާލައިފަ އެވެ.

އެ ކުންފުނިން ހިންގާ ހުރިހާ މަޝްރޫޢު ތަކަކީ ފައިދާގައި ހިންގާ މަޝްރޫޢުތަކެއް ނޫންކަން ފާހަގަކޮށް ކުންފުނިން ބުނެފައިވަނީ، ކުންފުންޏަށް އަހަރަކު 90 މިލިއަން ރުފިޔާގެ ގެއްލުމުގައި އައްޑޫ އަދި ފުވައްމުލަށް ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ޒޯނެއްގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ވަރަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތަކީ ރާއްޖޭގެ އާބާދީގެ 85 އިންސައްތައަށް ފޯރުކޮށްދެވޭ ޚިދުމަތަކަށް މިއަދު ވެފައިވާ ކަމަށާއި، އެ ކުންފުނީގެ ދަތުރުފަތުރުގެ ވިއުގަ މެދުވެރިކޮށް ފަސިންޖަރުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލައިދިނުމުގެ ޚިދުމަތުގެ ތެރެއިން، ދިވެހި ޤައުމާއި އާންމު ފަރުދުންގެ އިޤްތިޞާދީ ޙަރަކާތްތަކާއި އިޖުތިމާޢީ ގުޅުންތަކަށް ބަދަހި ތަނަވަސްކަމެއް ގެނެސްދެވޭކަމުގެ ހިތްހަމަ ޖެހުމަކީ މާލީ ފައިދާއަށްވުރެ މާބޮޑު އުފަލެއް އެމްޓީސިސީގެ ޓީމަށް ލިބޭ ކަމެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރައީސް ޞާލިޙްގެ މި ސަރުކާރުގައި އެ ކުންފުންޏާއި ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 18 މަޝްރޫޢެއް އެއްކޮށް ނިމިފައިވާއިރު، ކައިރި މުސްތަޤްބަލެއްގައި އިތުރު މަޝްރޫޢުތައް ނިމި އެކަމުގެ ލުއި ފަސޭހަކަމާއި، ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ. މީގެ އިތުރުން ކުންފުނީގެ އާންމު ވިޔަފާރީގެ ސަބަބުން އޮޑިދޯނި ފަހަރުގެ ވެރިންނާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އަދި އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގެ ސިނާއަތްތަކަށް ބޭނުންވާ ދުނިޔޭގެ މާކެޓުގައި ނަން ހިނގާ މަޝްހޫރު އިތުބާރު ހިފޭ ގިނަ ޕްރޮޑަކްޓްތަކާއި، މި ދާއިރާތަކަށް އައު ޓެކްނޮލޮޖީ އާއި ހުނަރު ތަޢާރަފްކޮށް، އެ ސިނާޢަތްތަކުގެ މަސައްކަތަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭ ކަމާމެދު އެ ކުންފުނިން ޝައްކެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ދދދދ

12-Jul-2020

ހިކުމަތު ޚަބަރު ގޮތަށް ދެ ނޫހެއްގަ ނުޖެހިކަން ނަސީބު މިފަހަރު. އެހެން ނޫންނަމަ ކޮންތާކުން ފޮނުވި ޚަބަރެއްކަން ބޭޒާރުވީސް.


-2

ކެކެކެ

11-Jul-2020

ދުނިޔޭން ބޭރުގަ ދެއްތޯ!


10

ހަސަނު

06-Jul-2020

ލޯކަނު ބަޔަކަށް ނުފެންނާނެ އަތުގަ އޮތަސް އަތުގަ އޮންނަ އެތިވެސް ގުދުވިޔަސް އަތްނުލެވެހާހިނދަކު މުޅި ރާއްޖޭގައި ކޮވިޑުތެރޭވެސް ހުއްޓުމެއްނެތި އެތައް މަޝްރޫއު ތަކެއް އެދަނީ ބާރަށް ކުރިޔަށް


8

ޚަބަރު

06-Jul-2020

މުޅިސަރުކާރު ޞާލިޙްވެއްޖެ މުޅިޤަޢުމު ޞާލިޙްވެއްޖެ މުޅި ރާއްޖެ ޞާލިޙްވެއްޖެ މުޅި ބަޖެޓް ޞާލިޙްވެއްޖެ މުޅިހުރިހާ ރައްޔިތުން އެތިބީވެސް ޞާލިޙްވެފައެވެ...


14

މުހައްމަދު ހަސަން

06-Jul-2020

އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުނަށް ފިޔަވަޅު ނާޅާ ރާއްޖޭގެ ހުރިހާތަނެއް ހަބޭސް ކުރިއަސް ނުހޭނަން


8

އައި

04-Jul-2020

ލޮލަކަށް ނުފެނޭ..މާދަމާ ބުނާނެ އޮޅިގެންނޭ...ބިލު ބޮޑުވަނީ ބޯހަލާކު ލދނ


16

އައި

04-Jul-2020

ލޮލަކަށް ނުފެނޭ މާދަމާ ބުނާނެ އޮޅިގެންނޭ...ބޮޑުވަނީ ބިލް....ގަމާރު ސަރުކާރު..


23

އެއްމެ އެނގޭ މީހާ

03-Jul-2020

އިދިކޮޅޭ މެން ބަލަންތިއްބާ މި ސަރުކަރުގެ ސްޕީޑު ނަގައިފި ދެން އަތެއްނުވާނެ


-1

ޖައުފަރު

03-Jul-2020

މިހާރު މި ފެންނަނި މި ސަރުކާރުން ވައުދު ފުއްދައި ރައްޔަތުން އުފާކޮށްދޭނެކަމުގެ ފެހި ސިގުންލްތަކެއް ސާބަސް ރައީސް ސޯލިހް ތިޔައީ ހެޔޮލަފާ އިހުލާސްތެރި ވެރިޔެއް



ޓްރެންޑިން