ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި މިއަދުވެސް މުޒާހަރާ ކޮށްފިއެވެ.
ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މާލޭގައި މިއަދު ކުރި މުޒާހަރާ ޖެންޑާ މިނިސްޓްރީ ކުރިމަތިން ފަށައިގެން ނިންމާލާފައި ވަނީ ބޮޑުތަކުރުފާނު މަގުގަށެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމާ ދެކޮޅަށް އަދި ކުޑަކުދިން ހިމާޔަތް ކުރުމަށް ގޮވާލާފައެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، 18 އަހަރު ނުވާ ދެ ކުއްޖަކު ރޭޕްގެ ޝިކާރައަކަށްވެ ބަލިވެއިން ކަމަށް ފުލުހުންނާއި ޖެންޑާއިން ވެސް ވަނީ ބުނެފައެވެ.
މިފަދަ މުޒާހަރާއެއް މިދިޔަ ހޯމަ ދުވަހުވެސް ވަނީ ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ކޮށްފައެވެ. އެ މުޒާހަރާގައި ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ތިން މީހަކު ހައްޔަރު ކުރި ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން އަންގާފައި ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެއްވެ ނޫޅުމަށެވެ. މުޒާހަރާތައް ކުރިއަށް ގެންދަނީ މާސްކް އެޅުމާއެކު އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދީގެން ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ވޮއިސް އޮފް ޗިލްޑްރެން އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު