ދުވަސްވީ އަންހެނެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހުނުކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އަންހެން މީހާގެ އިނގިލިތައް ބުރިކޮށްލި މައްސަލަ ސޯޝަލްމީޑިއާގައި ފެންމަތި ކޮށްފައިވަނީ "ޙަސަން ކުރުސީ"ގެ ނަމުގައި ޓްވިޓަރގައި ޙަރަކާތްތެރިވާ އެކައުންޓަކުންނެވެ.
ޙަސަން ކުރުސީ އެކައުންޓުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި އެމީހާގެ އަތުގެ ފޮޓޯތައްވެސް ވަނީ ހިމަނާފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މ. މުއްޔަށް ނިސްބަތްވާ 85 އަހަރުގެ އެ އަންހެންމީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިފަހުން ވަނީ ނިޔާވެފައެވެ.
އެމީހާގެ އިނގިލިތައް ބުރިކޮށްލަން ޖެހުނީ ނުބައި އިންޖެކްޝެއް ޖެހުމުން ކަމަށްވެއެވެ.
ފާޚާނާއަށް ވެއްޓުމުން ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެނައި އަންހެން މީހާގެ ޙާލަތު ގޯސްވީ އައިޖީއެމްއެޗުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ޢާއިލާގެ މީހަކު މީސްމީޑިއާގައިވަނީ ބުނެފައެވެ. އަދި އަންހެން މީހާއަށް ކޮވިޑް ޖެހިފައިވާ ކަމަށްބުނެ އޭޑީކޭއަށް ބަދަލު ކުރުމަށްވެސް އައިޖީއެމްއެޗުން ހުރަސްއެޅި ކަމަށް ޢާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.
"3 ޑޮކްޓަރުން ބަދަލުވެ ސަރޖަރީ ޑިޕާޓްމަންޓުން ޙަވާލުވާން ދެކޮޅު ހެދީމަ އޭޑީކޭއަށް ބަދަލުކުރަން ބުނީމަ ބުނީ، ކޮވިޑް ކޭހެއް ވީމަ ފެސިލިޓީއަށް ގެންދަން." ޢާއިލާގެ މީހަކު ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ، ހޮސްޕިޓަލުގައި އެކުލަވާލާފައިވާ އެފަދަ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގައި އިހުމާލުގެ މައްސަލަތައް އިތުރުވެ، އެފަދަ މައްސަލަތަކުގައި މީހުންގެ ފުރާނަ ގެއްލުން ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. އަދި އެފަދަ ގިނަ މައްސަލަތަކެއްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިހްމާލުވާ ފަރާތްތަކަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.

‼️🚨 Breaking News
— Hassan Kurusee (@HKurusee) May 2, 2023
An 85 year old disabled woman’s fingers have been chopped off by @igmhmv after giving her a wrong injection (more pictures below). She went to Muli hospital after she fell into the bathroom, from where she was referred to IGMH.
IGMH gave her a wrong… pic.twitter.com/mgjwlLUjH5
ފާޚާނާއަށް ވެއްޓުމުން ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެނައި އަންހެން މީހާގެ ޙާލަތު ގޯސްވީ އައިޖީއެމްއެޗުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ޢާއިލާގެ މީހަކު މީސްމީޑިއާގައިވަނީ ބުނެފައެވެ. އަދި އަންހެން މީހާއަށް ކޮވިޑް ޖެހިފައިވާ ކަމަށްބުނެ އޭޑީކޭއަށް ބަދަލު ކުރުމަށްވެސް އައިޖީއެމްއެޗުން ހުރަސްއެޅި ކަމަށް ޢާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.
"3 ޑޮކްޓަރުން ބަދަލުވެ ސަރޖަރީ ޑިޕާޓްމަންޓުން ޙަވާލުވާން ދެކޮޅު ހެދީމަ އޭޑީކޭއަށް ބަދަލުކުރަން ބުނީމަ ބުނީ، ކޮވިޑް ކޭހެއް ވީމަ ފެސިލިޓީއަށް ގެންދަން." ޢާއިލާގެ މީހަކު ބުނެފައިވެއެވެ.
Hello @ali_shiyam sihheee dhaa’iraa ragalhey bunaa iru miyadhu e niyaavee aharen anhenun ge bodu dhaitha. Male ah ai aee faahaanaa ah vettigen libunu aniyaa akah beys kuran. @igmhmv in overdose injection eh jahaa athuge ingili thah jehunee buri kan. 1/3
— Ahmed Fairooz (@Ahmed_Fairoox) April 30, 2023
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ، ހޮސްޕިޓަލުގައި އެކުލަވާލާފައިވާ އެފަދަ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.
— IGMH (@igmhmv) May 2, 2023
ރާއްޖޭގެ ސިއްޙީ ދާއިރާގައި އިހުމާލުގެ މައްސަލަތައް އިތުރުވެ، އެފަދަ މައްސަލަތަކުގައި މީހުންގެ ފުރާނަ ގެއްލުން ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. އަދި އެފަދަ ގިނަ މައްސަލަތަކެއްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިހްމާލުވާ ފަރާތްތަކަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު