ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނަޢީމް
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނަޢީމް
އަނިޔާވެރި ބިމެއްގައި ގާތީ އިންސާފުގެ ގަސް ނުފެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ ނަޢީމް މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، އަނިޔާވެރި ބިމެއްގައި ގާތީ އިންސާފުގެ ގަސް ނުފެޅުން ކަމަށާއި، އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ރަނގަޅު ބިމެއް ވާރުތަކޮށްދިނުމަށް މިއަދު ކޮންމެ ފަރުދަކުމެ އިންސާފުވެރި މީހަކަށް ވާން ޖެހޭ ކަމަށެވެ.



އަނާރާ މިފަދަ ޓްވީޓެއް ކުރަށްވާފައި މިވަނީ، ޖިންސީ އަނިޔާ އާއި، ރޭޕްގެ މައްސަލަތަކުގައި އިންސާފް ނުލިބޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެއްގައެވެ.

އަނާރާގެ ޓްވީޓާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން އަރީފް ވަނީ ކީރިތި ޤުރުއާނުގައި ނުބައިކަން ބޮޑު 3 ފަރާތެއް އެއްބައިވެ ގުޅުމުގެ ވާހަކަ ބުނެދީފައިވާކަމަށް ވިދާޅުވެފައެވެ.



ޢަރީފް ވިދާޅުވީ ނުބައިކަންބޮޑު 3 ފަރާތެއް ގުޅުމާއި ބެހޭގޮތުން ޤުރުއާނުގައި ވަނީ، ފިރުޢައުނާއި، ހާމާނާއި، ޤާރޫނުގެ ވާހަކަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން