ގޭންގަކުން ހަމަލާދިން ފުލުސް މީހާ އެމީހުންނާ ކުރިމަތިލައި ދެއްކި ހިތްވަރާއި ސާބިތުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފު ކުރަށްވައިފިއެވެ.
އޮފް ޑިއުޓީގައި ހުޅުމާލޭގައި ހުރި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ގޭންގަކަށް ނިސްބަތްވާ 4 މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޮފް-ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން ދާތީ މިކަމުގެ އިތުރު ތަފްސީލެއް ފުުހުން ދީފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަމަލާގެ ވީޑިއޯ ފޫޓޭޖްތައް ފެނިވަޑައިގެންފި ކަމަށެވެ. އަދި ފުލުހަށް ހަމަލާދިން "ކްރިމިނަލް ގްރޫޕް" އާއި ދެކޮޅަށް ހިތްވަރާއި ސާބިތުކަމާއެކު ކުރިމަތިލި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަށް ކޮމިޝަނަރ ވަނީ ތައުރީފް ކުރައްވާފައެވެ.
ކުށްވެރިން ހައްޔަރުކުރުމަށް އެޅި އަވަސް ފިޔަވަޅާއި ކުރި މަސައްކަތަށްޓަކާ ހުޅުމާލެ ފުލުހުންގެ ޓީމަށް ވެސް ސީޕީ ހަމީދު ވަނީ ތަރުހީބު ދެއްވާފައެވެ.
ހުޅުމާލޭގައި ގޭންގަކުން ހަމަލާދިން ފުލުހަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު