ހިޔާ ފްލެޓްސް
ހިޔާ ފްލެޓްސް
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީޙުންނަށް ވަދެވޭނީ 8 މަސް ފަހުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މީހުންނަށް ވަދެޥޭނީ 8 މަސް ދުވަސް ފަހުން ކަމަށެވެ.

މިއަދު އޮތް ނޫސްވެރިން ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢު ފްލެޓުތަކުގެ ކޮންޓްރެކްޓުގައި ތަށިމުޅި ޖެހުމާއި، އެތެރޭގެ ދޮރު ހަރުކުރުން ހިމެނިފައިނުވާ ކަމުގައެވެ. ހަމައެހެންމެ ބައެއް އިތުރު މަސައްކަތްތައްވެސް ކޮންޓްރެކްޓުގައި ނުހިމެނޭ ކަމުގައި އަސްލަމް ވިދާޅުވިއެވެ. އެގޮތުން ފްލެޓްތަކުގައި ފަންކާ އާއި، ލައިޓްސް ވެސް ނުހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހިޔާ މަޝްރޫޢު ހުރި ތަންތަނަށް ފެނާއި ކަރަންޓުލުމުގެ މަސައްކަތްވެސް ނިމިގެން ދާނެކަމަށެވެ. އަދި ހިޔާ ފްލެޓުގެ އެގްރީމެންޓުގައި ބާކީ ހުރި މަސައްކަތް ނިންމުމަށް މަސައްކަތުގެ ކޮންޓްރެކްޓަރު އިތުރު 8 މަސް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތައް ނިންމަން ދީފައިވާ މުއްދަތަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތަށް މަސައްކަތް ނިންމާލެވިފައި ނުވާ ކަމަށާއި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑުކަމަކަށް ހުރީ ތަޅުން އެޅުމުގެ މަސައްކަތާއި ކަރަންޓް މީޓަރު ހަރުކުރުމުގެ އިތުރުން ފެން މީޓަރު ހަރުކުރުން ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ޞާލީޙާއި ކުރީގެ ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ވަނީ މިއަހަރުގެ ތެރޭގައި ހިޔާ ފްލެޓުތަކަށް ވަދެވޭނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން